×
ކުރިއަރ އަދި ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 17 މިލިއަން ރުފިޔާގެ މަގުމަތީ އަގުހުރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.

ކުރިއަރ އަދި ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 17 މިލިއަން ރުފިޔާގެ މަގުމަތީ އަގުހުރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.




ކުރިއަރ އަދި ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 17 މިލިއަން ރުފިޔާގެ (މަގުމަތީ އަގު) މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.


މިތަކެތި އަތުލައިގަނެފައިވަނީ އެޕްރީލް އަދި މެއި މަހުގެ ތެރޭގައި ވައިގެ މަގުން އައިސްފައިވާ ފަސިންޖަރުން އަދި ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ތަފާތު 4 މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހްލީލް ކުރުމުން މަސްތުވާތަކެތީގެ ބާވަތްތައްކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) ، ކޮކެއިން (Cocaine)، އަދި ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި މައްސަލަތަކުގެ އިތުރު ތަފްސީލް ތިރީގައި އެވަނީއެވެ.



           މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 7.840 ކިލޯގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ  17,726,000.00 (ސަތާރަ މިލިއަން ހަތްލައްކަ ސައްބީސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.


މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް އަދި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

06 ޖޫން 2024

ޝެއާ