×

އެކްސްޕޯޓަރުން

މުދާ ބަލާފާސްކުރުން

މުދާ ބަލައި ފާސްކުރުން

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާއި، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދާ ބަލައި ފާސްކުރާނީ ކަސްޓަމްސްއިންނެވެ. މިގޮތުން މުދަލުގެ ޑިކްލަރޭޝަނާއި މުދަލާއި ދިމާވޭތޯއާއި، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ރާއްޖެއިން ބޭރުކުރުން މަނާކޮށްފައިވާ އެއްޗެއް ހުރިތޯ ބަލައި ފާސްކުރާނީ ކަސްޓަމްސްއިންނެވެ.

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ބަލައި ފާސްކުރުމުގައި ކަސްޓަމްސްއަށް ވަކި އިޚްތިޔާރުތަކެއް ލިބިގެންވެއެވެ. ކަސްޓަމްސްއިން މުދާ ބަލައި ފާސްކުރާނީ މުދަލުގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ އޭނާ އެކަމަށް އައްޔަންކުރާ ފަރާތެއްގެ ހާޒިރުގައެވެ.

މުދަލެއް ބަލައި ފާސްކުރުމަށް ކަސްޓަމްސްއަށް ބޭނުންވެގެން އެންގުމުން މުދަލުގެ ވެރިފަރާތް ހާޒިރުވުމަށް އިންކާރުކޮށް ނުވަތަ ހާޒިރުނުވެއްޖެ ހާލަތެއްގައި، މުދަލުގެ ވެރިފަރާތުގެ ޣައިރު ހާޒިރުގައިވެސް ކަސްޓަމްސްއަށް މުދާ ބަލައި ފާސްކުރެވިދާނެއެވެ.