×

އެކްސްޕޯޓަރުން

ޑިއުޓީ ފްރީ ޝިޕްމެންޓް

ޑިއުޓީ ހިލޭ ޝިޕްމެންޓް

ވެހިރާއްޖޭގެ އިމްޕޯރޓް/އެކްސްޕޯރޓް ކުރުމުގެ ޤާނޫނު 31/79 ގައިވާ ގޮތުގެ މަތިން، އެއްވެސް ފަރާތަކުން ދިވެހިރާއްޖެއިން މުދާ އެކްސްޕޯރޓް ކުރާނަމަ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް (އެމްއީޑީ) ގައި ރަޖިސްޓްރީ ކުރަން ވާނެއެވެ.

ދިވެހިރާއްޖެއިން އެކްސްޕޯޓް، ރީ-އެކްސްޕޯޓްކުރާ، ރާއްޖޭގައި އުފެދޭ ނުވަތަ އުފައްދާ ތަކެތީގެ ތެރެއިން މާވަހަރު ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީ ދައްކާކަށްނުޖެހޭނެއެވެ. މާވަހަރުން އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ނަގާނީ އޭގެ އެފް.އޯ.ބީ އަގުގެ %50 އެވެ.

މީގެ އިތުރުން މި ޤާނޫނުގެ ދަށުން ދިވެހިރާއްޖެއީން އެކްސްޕޯޓް، ރޯ-އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކުން 1ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ދައްކަން ޖެހެއެވެ.

ވިޔަފާރި އުސޫލުން ރީއެކްސްޕޯޓްކުރާ މުދަލަށް، އޭގެ އެފް.އޯ.ބީ އަގުގެ %5 ރޯޔަލްޓީއެއް ދައްކަންވާނެއެވެ.