×

އެކްސްޕޯޓަރުން

އެކްސްޕޯޓް

މުދަލުގެ ބަޔާން ހުށަހެޅުން - އެކްސްޕޯޓް

ދިވެހިރާއްޖެއިން ފޮނުވާލުމަށް (އެކްސްޕޯރޓްގެ ގޮތުގައި ނުވަތަ ރީއެކްސްޕޯރޓްގެ ގޮތުގައި) މުދާ ފުލައިޓަށް އެރުވުމުގެ ކުރިން، ޝިޕްމެންޓްގައި ހިމެނޭ މުދަލުގެ ޢަދަދާއި، އަގު، އެފް.އޯ.ބީ. އިން އެގޭ ގޮތަށް ތަފްޞީލާލައި އެކު ކަސްޓަމްސް އަށް ހުށަހަޅަން ވާނެއެވެ.

މުދަލުގެ ބަޔާން (ގުޑްސް ޑެކްލަރޭޝަން) ހުށަހެޅުމަށްފަހު، މުދާ އެކްސްޕޯރޓް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެކްސްޕޯރޓް ކުރުމަށް ކަސްޓަމްސް އަށް ދައްކަންޖެހިވަޑައިގަންނަވާ ޑިއުޓީއެއް ދަންކަން ޖެހޭނެއެވެ. އަދި އެކްސްޕޯރޓް ކުރާ މުދަލުގެ ބަޔާން ބެލުމުގެ މަސައްކަތް ކުރުމަށް މަގުފަހިކުރުމުގެ ގޮތުން އަންނަނިވި ލިޔެކިއުންތައް ވެސް ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެއެވެ.

އިސްވެ ދެންނެވުނު ލިއުން ތަކުގެ އިތުރަށް، ޔޫރަޕިއަން ޔުނިއަންގެ ޤައުމުތަކަށް ރީނދޫ އުރަހަ ކަންނެލި ފޮނުވާ ފަރާތްތަކުން އަންނަނިވި ލިއުންތައްވެސް ހުށަހަޅަން ޖެހޭނެ އެވެ.

ފުރާ ޕަސެންޖަރުންނާއި، ބޯޓުގެ ފަޅުވެރިން އަމިއްލަ ބޭނުންތަކަށް ގެންނަ މުދަލުގެ ބަޔާން (ގުޑްސް ޑިކްލަރޭޝަން) ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް އެހެނިހެން މުދާ (އަމިއްލަ ބޭނުމުގެ ގޮތުގައި ނުހިމެނޭ މުދާ) ޑިކްލެއަރ ކުރަން ޖެހެއެވެ. ނަމަވެސް މިހާލަތުގައި ކޮމާޝިއަލް އިންވޮއިސް އާއި ޕެކިންގ ލިސްޓް ހުށަހަޅާކަށް ލާޒިމެއް ނުކުރެއެވެ.

އަަންނަނިވި ކަންތައްތައް ފުރިހަމަ ކުރުމުގެ ކުރިން އެކްސްޕޯރޓް ކުރުމަށް ގެންނަ މުދާ ކަސްޓަމްސް ކޮންޓްރޯލް އިން ދޫނުކުރެވޭނެއެވެ.