×

އެކްސްޕޯޓަރުން

ޑިއުޓީ ދެއްކުން

ޑިއުޓީ ދެއްކުން

އެކްސްޕޯޓް ކުރެވޭ މުދަލަށް އެކްސްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ.

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނީ، ދިވެހި ފައިސާއިންނެވެ. މިގޮތުން ދިވެހި ފައިސާގެ އެކައުންޓްތަކުގެ ޗެކުން ދައްކާ ފައިސާ ކަސްޓަމްސްއިން ބަލައިގަނެވޭނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ވަސީލަތް ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކަށް އެވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަނެވޭނެއެވެ. މިގޮތުން ޕީ.އޯ.އެސް ޓަރމިނަލް ޤާއިމުކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކަށް ޑެބިޓް ކަރޑުންވެސް ފައިސާ ބަލައިގަނެވޭނެއެވެ.

ޑިއުޓީ ދައްކަންޖެހޭ އެކްސްޕޯޓް މުދަލުގެ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއިން އެސެސްކޮށް ނިންމާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، އެމުދަލަކަށް އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

އަދި މުއްދަތުގެ ތެރޭގައި، އެކްސްޕޯޓް ޑިއުޓީ ނުދައްކައިފިނަމަ، އެ މުދަލުގެ ގުޑްސް ޑިކްލަރޭޝަން ބާތިލްކުރެވޭނެއެވެ. މިގޮތުގެ މަތިން ބާތިލް ކުރެވޭ މުދަލުގެ ގުޑްސް ޑިކްލަރޭޝަނުގައި ހިމެނޭ މުދާ އެކްސްޕޯޓްކުރުމަށް ދޫކުރެވޭނީ އަލުން ގުޑްސް ޑިކްލަރޭޝަން ފުރިހަމަކޮށް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.