×

އިމްޕޯޓަރުން

އިމްޕޯޓްކުރުން މަނާތަކެއްޗާއި ހިފެހެއްޓޭ ތަކެތި

އިމްޕޯޓްކުރުން މަނާތަކެއްޗާއި ހިފެހެއްޓޭ ތަކެތި

ރާއްޖެ އެތެރެކުރުން މުޅިން މަނާ ތަކެތި

ތިރީގައި މިވާތަކެތި ރާއްޖެއަށް ގެނައުމާއި، ގެންގުޅުމާއި ވިއްކުމަކީ މުޅިން މަނާތަކެއްޗެވެ.

މަސްތުވާތަކެތި މަނާ
ބަރަހަނާ މަންޒަރު އެކުލެވޭ ތަކެތި (އެފަދަ މަންޒަރު އެކުލެވޭ ފޮތް، މެގަޒިން، ފިލްމު، ވީޑިއޯ، ޑީވީޑީ، ސޮފްޓްއެއަރ ފަދަ ތަކެތި) / ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ އެކިކަހަލަ އާލާތްތައް މަނާ
އިސްލާމް ދީނާ ޚިލާފު ދީނީ ތަކެތި މަނާ
ދިރޭ އޫރު މަނާ
އަޅުކަންކުރާ ބުދު މަނާ

 

އިމްޕޯޓްކުރުން ކޮންޓްރޯލްކުރެވިފައިވާ ތަކެތި

މިއީ އިމްޕޯޓްކުރުމަށް ޚާއްސަ ހުއްދައެއް ބޭނުންވާ ތަކެއްޗެވެ.

ރަލާ ރަލުގެ ބާވަތްތައް

ރަލާއި ރަލުގެ ބާވަތްތައް ހުއްދަނެތި އިމްޕޯޓުކުރުމަކީ ޤާނޫނު ނަންބަރު 75/4 ގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.
މިތަކެތި އެއަރޕޯޓުން ހިފެއްޓޭނެތީ ރާއްޖެ އަންނަމުން ރަލާއި ރަލުގެ ބާވަތެއް ފްލައިޓުން ނުވަތަ ޑިއުޓީފްރީ ފިހާރައަކުންވިއަސް ނުގަތުމަށް އިލްތިމާސްކުރަމެވެ. ނަމަވެސް ރަލާއި، ބިޔަރު އަދި މިފަދަ އެހެނިހެން ބުއިންތައް ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލްތަކުން ލިބެން ހުންނާނެއެވެ. އެތަކެތި އިމްޕޯޓް ކުރެވިފައިވަނީ ޚާއްސަ ހުއްދައަކާއެކުއެވެ.

 

އޫރުމަހާއި އޫރުމަހުގެ ބާވަތްތައް

އޫރުމަހާއި އޫރުމަހުގެ ބާވަތްތައް ހުއްދަނެތި އެތެރެކުރުމަކީ ޤާނޫނު ނަންބަރު 75/4 ގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.

 

ކެމިކަލްއާއި ކެމިކަލްގެ ބާވަތްތައް

ވައްތަރު ހުއްދަ ދޫކުރާ ފަރާތް
ކެމިކަލް އެމް.އެން.ޑީ.އެފް
އެސިޑު އެމް.އެން.ޑީ.އެފް
ޒަހަރު އެމް.އެން.ޑީ.އެފް
ވިހަ މާއްދާތައް އެމް.އެން.ޑީ.އެފް

 

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު

ޖަނަވާރަށް އެއްވެސް އިންފެކްޝަނެއް ނޫނީ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައި ނުވާކަން ކަށަވަރުކޮށް ކަމާބެހޭ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ދޫކޮށްފައިވާ ސެޓްފިކެޓެއް އޮންނަންވާނެއެވެ.

ނޯޓް: ކުއްތާއާއި ނުރައްކާތެރި ޖަނަވާރު އިމްޕޯޓްކުރުމަކީ މަނާކަމެކެވެ.

 

ބަޑި / ގޮވާތަކެތި / ހަތިޔާރާއި ވަޒަން

ފިސްތޯލު، ރިވޯލްވަރު، ރައިފަލް، ޝޮޓްގަން، ޕެލެޓް ގަން ފަދަ ތަކެތި
ހަތިޔާރެއްގެ ރެޕްލިކާ، ހަތިޔާރެއްގެ ބައެއް، މަހަށް ޖަހާ ބަޑި/ލޮންސި، ގޮވުން ނޫނީ ޝޮކު އުފައްދާ ތަކެތި
ގޮވާތަކެތި އަދި އޭގެ ރެޕްލިކާ، ފަޓާހާއި އެފަދަ އެހެނިހެން ތަކެތި

 

ދިރޭ ގަސްގަހާއި ޖަނަވާރު

ގަސްގަހާގެހި އިމްޕޯޓުކުރުމަށްޓަކައި ޞައްޙަ ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ބޭނުންވާނެއެވެ. އަދި މިނިސްޓްރީ އޮފް ފިޝެރީސް އެންޑް އެގްރިކަލްޗަރ އިން ބަލައި ފާސްކުރަންވާނެއެވެ.

 

ބޭސް

ކޮންޓްރޯލްކުރެވިފައިވާ ޑްރަގްސް ނުވަތަ ބޭސް އިމްފޯޓުކުރުމަށްޓަކައި މެޑިކަލް ޕްރެކްޓިޝަނަރެއް ދޫކޮށްފައިވާ ޞައްޙަ ޕްރިސްކްރިޕްޝަނެއް ބޭނުންވާނެއެވެ. (ހަމައެކަނި އަމިއްލަ ބޭނުމަށް)

 

ދުންފަތާއި ދުންފަތުގެ ބާވަތްތައް

މިނިސްޓްރީ އޮފް ހެލްތްއިން އަންގާފައިވާ ފަދަ އިންޒާރެއް ލިޔެވިފައިވާ ލޭބަލްއެއް ދުންފަތުގެ ބާވަތްތަކުގައި ހުންނަންވާނެއެވެ.

ނޯޓް: ކޮންމެ ފަސިންޖަރަކަށްވެސް އިމްޕޯޓް ޑިއުޓީ އެލަވަންސް ގިނަވެގެން 200 ސިނގިރޭޓަށް، 20 ސުއްޓާއަށް ނުވަތަ 250 ގުރާމުގެ ދުންފަތަށް ދެވޭނެއެވެ.

 

މުވާސަލާތީ ވަޞީލަތްތައް

ޓޯކީ ސެޓް، ރިސީވަރު އަދި 100 މިލިވޯޓަށްވުރެ މަތީ ފްރިކުއެންސީއެއްގައި ޓްރާންސްމިޓް ކުރެވޭ މުވާސަލާތީ ވަޞީލަތްތައް މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއިން ބަލައި ފާސްކުރަންވާނެއެވެ.

 

ޚާއްސަ ހުއްދައެއް ބޭނުންވާ ތަކެތި

 

ހުއްދަތައް ދޫކުރާ ފަރާތްތައް

އަންނަނިވި ބާވަތްތައް ރާއްޖެ އެތެރެކުރުމަށް ކަމާ ގުޅުންހުރި ތަންތަނުން ހުއްދަ ހޯދަންވާނެއެވެ.

ބާވަތް ހުއްދާ ދޫކުރާ ފަރާތް
ރަލާއި ރަލުގެ ބާވަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
އޫރުމަހާއި އޫރުމަހުގެ ބާވަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
ކެމިކަލްއާއި ކެމިކަލްގެ ބާވަތްތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އޮޅު ޖަނަވާރު ކަމާބެހޭ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް
ބަޑި / ގޮވާތަކެތި / ހަތިޔާރާއި ވަޒަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިރޭ ގަސްގަހާއި ޖަނަވާރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (ޞައްޙަ ފައިޓޯސެނިޓަރީ ސެޓްފިކެޓް)
ބޭސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ: ކޮންޓްރޯލްކުރެވިފައިވާ ޑްރަގްސް ނުވަތަ ބޭސް އިމްފޯޓުކުރުމަށްޓަކައި މެޑިކަލް ޕްރެކްޓިޝަނަރު (ހަމައެކަނި އަމިއްލަ ބޭނުމަށް)
ދުންފަތާއި ދުންފަތުގެ ބާވަތްތައް މިނިސްޓްރީ އޮފް ހެލްތްއިން އަންގާފައިވާ ފަދަ އިންޒާރެއް ލިޔެވިފައިވާ ލޭބަލްއެއް ދުންފަތުގެ ބާވަތްތަކުގައި ހުންނަންވާނެއެވެ. (ކޮންމެ ފަސިންޖަރަކަށްވެސް އިމްޕޯޓް ޑިއުޓީ އެލަވަންސް ގިނަވެގެން 200 ސިނގިރޭޓަށް، 20 ސުއްޓާއަށް ނުވަތަ 250 ގުރާމުގެ ދުންފަތަށް ދެވޭނެ)
މުވާސަލާތީ ވަޞީލަތްތައް މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއިން (ޓޯކީ ސެޓް، ރިސީވަރު އަދި 100 މިލިވޯޓަށްވުރެ މަތީ ފްރިކުއެންސީއެއްގައި ޓްރާންސްމިޓް ކުރެވޭ މުވާސަލާތީ ވަޞީލަތްތައް މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއިން ބަލައި ފާސްކުރަންވާނެއެވެ.)
ހައިޑްރޯކްލޮރޯފްލޯރޯ ކާބަން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ
ދިރޭ އަދި ފިނިކުރި މަސް ޕޯޓް ހެލްތު
ދޫނިސޫފާސޫފި އެތެރެކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ގަސްކާނާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އުޅަނދުފަހަރު މިންސްޓްރީ އޮފް ޓްރާންސްޕޯޓް