×

އިމްޕޯޓަރުން

އިމްޕޯޓަރުންނާއި އެކްސްޕޯޓަރުން

އިމްޕޯޓަރުންނާއި އެކްސްޕޯޓަރުން ރެޖިސްޓްރީވުން

އަމިއްލަ ބޭނުންތަކަށްނޫން އެހެން ބޭނުންތަކުގައި ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރެޖިސްޓްރީކުރަން ޖެހޭނެއެވެ. އަދި ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް (ޤާނޫނު ނަންބަރު 31/79) ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކުން 1ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ދައްކަން ޖެހެއެވެ. ކަސްޓަމްސްގައި ރަޖިސްޓްރީވުމަށް، ކަސްޓަމްސް ޕޯރޓަލް މެދުވެރިކޮށް އޮންލައިން ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅުއްވާށެވެ.

ރަޖިސްޓްރޭޝަން ގައިޑްލައިން ވިދާޅުވުމަށް.

ތިރީގައިވާ ބޭނުމަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ކުންފުނި ރެޖިސްޓްރީ ނަންބަރުގެ އިތުރުން އިމްޕޯޓަރ ރެޖިސްޓްރީ ނަންބަރެއް ނަގަންޖެހޭނެއެވެ.

ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށް މުދާ އެތެރެކުރުން