×

އިމްޕޯޓަރުން

ޑިއުޓީ ހިލޭ ޝިޕްމެންޓްތައް

ޑިއުޓީ ހިލޭ ޝިޕްމެންޓް

ކަސްޓަމްސްއަށް އެއްވެސް މުދަލެއްގެ އިމްޕޯޓް ޑިއުޓީ މައާފުކުރުމުގެ ޤާނޫނީ ބާރު ލިބިފައެއްނުވެއެވެ. ޚާއްސަ ޙާލަތްތަކުގައި އިމްޕޯޓް މުދަލުން ނެގޭ ޑިއުޓީގެ އެއްބައި، ނުވަތަ އެއްކޮށް މައާފުކުރުމަކީ އާންމުންނަށާއި ވިޔަފާރިވެރިންނަށް އެންމެ ފައިދާބޮޑުގޮތް ކަމަށް ފެނިއްޖެ ޙާލަތެއްގައި ރައިސުލްޖުމްހޫރިއްޔާއަށް އިމްޕޯޓް ޑިއުޓީ މައާފުކުރުމުގެ ބާރު ލިބިގެންވެއެވެ.

ޑިޕްލޮމެޓިކް ބޭނުންތަކުގައި ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި، ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގެ 7 ވަނަ މާއްދާގައިވާ 0% އިން ޑިއުޓީ ނެގޭ މުދާ ފިޔަވައި އެހެން މުދަލުގެ ޑިއުޓޯ މައާފުކުރެވޭނީ ޚާއްސަ ހުއްދަތައް ލިބިގެން އެތެރެކުރެވޭ މުދަލަށް އެކަންޏެވެ.

ޑިއުޓީ މައާފުކުރުމަށް އެދި ތިރީގައިވާ ލިޔެކިޔުންތައް މުދަލުގެ ބަޔާނާއި އެކު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.