×

އިމްޕޯޓަރުން

ރީ-އިމްޕޯޓް

ރީ-އިމްޕޯޓް ކުރެވޭ މުދާ

މުދަލެއް ރީ-އިމްޕޯޓްކުރި ކަމަށް ބެލެވޭނީ، އެ މުދަލެއް ރާއްޖެއަށް އަނބުރާ ގެންނަގޮތަށް ގުޑްސް ޑިކްލަރޭޝަން ނިންމުމަށްފަހު، ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވާފައިވާ ފަރާތުގެ ނަމުގައި އެ މުދާ އަނބުރާ ރާއްޖެއަށް ގެނައުމުންނެވެ.

ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މުދާ، ރާއްޖެއަށް ރީ-އިމްޕޯޓްކުރާނަމަ، އެ މުދާ، ޑިއުޓީ ނެގުމުން އިސްތިސްނާވާނެއެވެ.

އެ މުދަލެއް ބޭނުން ކުރުމުން އެ މުދަލުގެ އަސްލަށް ބަދަލު ނާންނަ ނުވަތަ މުދަލުގެ އަސްލަށް ބަދަލެއް ގެނެސްފައިނުވާ އަދި އެ މުދަލުގައި ޖަހާފައިވާ ސީރިއަލް ނަންބަރުުން ނުވަތަ ކޯޑުން އެ މުދަލަކީ ރާއްޖެއިން އެކްސްޕޯޓްކުރި މުދާކަން ސާބިތުވާ މުދާ
ސީރިއަލް ނަންބަރުު ނުވަތަ ވަކި ކޯޑެއް އެނގެން ނުހުންނަ ތަކެތި، ވޮރެންޓީގެ ދަށުން މަރާމާތުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށްފަހު، އެ ތަކެތި މަރާމާތުކުރިކަން އެނގޭގޮތަށް ވޮރެންޓީ ދިން ފަރާތުގެ ލިޔުމަކާއެކު، ރީ-އިމްޕޯޓްކުރާ މުދާ
ރާއްޖެއިން ބޭރަށް މުދާ ފޮނުވި ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، ރީ-އިމްޕޯޓްކުރާ މުދާ
ރާއްޖެއިން ބޭރަށް މުދާ ފޮނުވި ފަރާތުގެ ނަމުގައި، ރީ-އިމްޕޯޓްކުރާ މުދާ
އެ މުދާ ކުރިން ރާއްޖެއަށް އިމްޕޯޓްކުރިއިރު ޑިއުޓީ ދައްކާފައިވުމާއި އެ ފައިސާ ރިފަންޑްކޮށްފައި ނުވުން.

 

މަތީގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވި ނަމަވެސް، ދައުލަތުގެ މުއައްސަސާއެއްގެ ހުއްދައާއެކު ރާއްޖެއިންބޭރުގައި ބާއްވާ އެކިއެކި ފެއަރތަކާއި މައުރަޒު ފަދަ ކަންތައްތަކަށް، އެކަމެއް ނިމުމުން އަނބުރާގެންނަ ގޮތަށް ރާއްޖެއިން ބޭރަށް ގެންދާ ތަކެތި، ރީ-އިމްޕޯޓްކުރާއިރު ޑިއުޓީ ނެގުމުން އިސްތިސްނާވާނެއެވެ.

ރީ-އިމްޕޯޓު ގުޑްސް ޑިކްލަރޭޝަން ފުރިހަމަ  ކުރާއިރު، ކުރިން ފުރިހަމަ ކުރި އަސިކުޑާ ވަރލްޑްގެ ޑިކްލަރޭޝަން ޓެބް އެކްސްޕޯޓް ޑިކްލަރޭޝަނެއްގެ ގޮތުގައި ފުރިހަމަކޮށް މި ފޯމާއެކު ރީ-އިމްޕޯޓު ޑިކްލަރޭޝަން ފޯމު އެޓޭޗްކުރަންވާނެއެވެ. އަދި  ގުޑްސް ޑިކްލަރޭޝަނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

އަގު ކަނޑައަޅާފައިވާ އިންވޮއިސްގެ ކޮޕީ
ޕެކިންގ ލިސްޓް
ބީ.އެލް ނުވަތަ އެއަރވޭ ބިލް
ޑެލިވަރީ އޯޑަރ

ރީ- އިމްޕޯޓް ކުރެވޭ މުދަލުގެ ލިޔެކިޔުންތައް ވެލުއޭޝަން ޑޮކިއުމެންޓޭޝަންއިން ނިންމުމަށްފަހު މުދާ ދޫކުރުމަށް އެދި ކާގޯ އެގްޒަމިނޭޝަނަށް ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

ފައިސާ ދެއްކި އެސެސްމަންްޓް ނޯޓިސްގެ އަސްލު
ކަސްޓަމްސްއަސް ފައިސާދެއްކި ރަސީދުގެ ކޮޕީ
މުދަލުގެ ޑެލިވަރީ އޯޑަރުގެ 3 ކޮޕީ