×

އިމްޕޯޓަރުން

ޕްރީ-ޕޭމަންޓް

ޕްރީ-ޕޭމެންޓް

މުދަލުގެ ޑިއުޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ކަސްޓަމްސްއަށް ފައިސާއެއް ދައްކަންޖެހިއްޖެނަމަ، ދައްކަންޖެހޭ ފައިސާ އެމީހެއްގެ ނަމުގައި ނުވަތަ އެކުންފުންޏެއްގެ ނަމުގައި ވަކި އެކައުންޓެއް (ޕްރީ ޕޭމެންޓް އެކައުންޓް) ކަސްޓަމްސްގައި ހުޅުވައި، އެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

ޕްރީ-ޕޭމެންޓް އެކައުންޓުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ކަނޑާ ބާކީކޮށް ބަލަހައްޓާނީ ކަސްޓަމްސްގައި ޤާއިމުކުރެވިފައިވާ ސިސްޓަމުންނެވެ. އަދި އެ ސިސްޓަމް މެދުވެރިކޮށް، އެކައުންޓްގެ ތަފުސީލް ވެރިފަރާތަށް ފެންނަން ހުންނާނެއެވެ. މިޚިދުމަތަށް އެދޭ ފަރާތްތަކަށް ކަސްޓަމްސްއިން ޚިދުމަތް ޤާއިމުކޮށްދެވޭނެއެވެ.