×

އިމްޕޯޓަރުން

ލޯކަލް ކުރިއަރ އެޖެންޓުން

ލޯކަލް ކުރިއަރ އެޖެންޓުން ރަޖިސްޓްރީވުން

ލޯކަލް ކުރިއަރ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ވެވޭނީ ލޯކަލް ކުރިއަރ އެޖެންޓެއްގެ ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.

ލޯކަލް ކުރިއަރ އެޖެންޓުން ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

އެޕްލިކޭޝަން ފޯމު އެމް.ސީ.އެސް-155 ޚިދުމަތްތައް ރަޖިސްޓްރީ ކުރުމަށާއި ކެންސަލް ކުރުމަށް އެދޭ ފޯމު

ކުންފުނީގެ ރަޖިސްޓްރީ އަސްލު (ކޮޕީއަކާއެކު)

ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު (ކޮޕީއަކާއެކު)، ބިދޭސީއެއްނަމަ މުއްދަތު ހަމަނުވާ ވަރކް ޕާރމިޓްގެ އަސްލު (ކޮޕީއަކާއެކު)

 

ރަޖިސްޓްރޭޝަން ފީ އަދި ކުންފުނީގެ އަހަރީ ފީ ކަސްޓަމްސްއަށް ދައްކާފައިވާނަމަ ފޯމް ހުށަހަޅުއްވާތާ 7 ދުވަސް ތެރޭގައި (ބަންދު ދުވަސް ނުހިމެނޭގޮތަށް) ރަޖިސްޓްރީކޮށްދެވޭނެއެވެ.

ފީ ނުދައްކާ ދުވަސްތައް މި މުއްދަތުގެ ތެރޭގައި ނުގުނޭނެއެވެ. އަދި އިސްވެ ބަޔާންކުރެވުނު ޝަރުތުތައް ފުރިހަމަ ނުވާ ނަމަ ފޯމް ހުށަހަޅުއްވާތާ 7 ދުވަސް ތެރޭގައި (ބަންދު ދުވަސް ނުހިމެނޭގޮތަށް) ހުށަހެޅުއްވި ފަރާތަށް އަންގަންވާނެއެވެ.

ލައިސަންސްއަށް އެދި ހުށަހަޅުއްވާ ފަރާތަށް ލައިސަންސް ދޫކުރެވޭނީ ހުރިހާ ޝަރުތުތައް ފުރިހަމަކުރާއެކު ކަސްޓަމްސް ޢާންމު ގަވާއިދުގެ ޖަދުވަލު 36 ގައިވާ ގޮތުގެ މަތީން ރަޖިސްޓްރޭޝަން ފީ އަދި އަހަރީ ފީ ކަސްޓަމްސް އަށް ދެއްކުމުންނެވެ.