×

އިމްޕޯޓަރުން

ޑިއުޓީ ހިލޭ ފިހާރަތައް

ޑިއުޓީ ހިލޭ ފިހާރަތައް ރަޖިސްޓްރީވުން

ިއުޓީ ހިލޭ ފިހާރަ ރަޖިސްޓްރީކުރުމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ ޖަދުވަލު 31 ގައިވާ ޑިއުޓީ ހިލޭ ފިހާރަ ރަޖިސްޓްރީވުމަށް އެދޭ ފޯމާއިކު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

ޑިއުޓީ ހިލޭ ފިހާރަ ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ކަސްޓަމްސް ވެބްސައިޓުގެ ޑައުންލޯޑްސްއިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށް، ކަސްޓަމްސް ހެޑްއޮފީހުގެ  3 ވަނަ ފަންގިފިލާގެ އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހުށަހަޅުއްވާށެވެ.

ޚާއްސަ ޙާލަތްތަކުގައި ފޯމާއިއެކު ކުންފުނީގެ ޑައިރެކްޓަރެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ބިދޭސީއެއް ނަމަ ވާރކްޕާރމިޓްގެ އަސްލު ލިބެން ނެތް ކަމުގައިވިޔަސް ފޯމް ބަލައިގަނެވޭނެއެވެ. ނަމަވެސް ލައިސަންސް ދޫކުރެވޭނީ މިތަކެތީގެ އަސްލު ލިބުމުންނެވެ.

ފޯމު ހުށަހަޅުއްވާތާ 7 ދުވަސް ތެރޭގައި (ބަންދު ދުވަސް ނުހިމެނޭގޮތަށް) ރަޖިސްޓްރީކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3334179 އަށް ގުޅުއްވާށެވެ.