×

އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތި

ޑިއުޓީ ހިލޭ ޢިނާޔަތްތައް

ޑިއުޓީ ހިލޭ ޢިނާޔަތްތައް

ޑިއުޓީ މައާފުވާ މިންވަރު

ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނާއި ކިޔަވާކުދިން އަދި ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އެހެން ޤައުމުތަކުގެ ޕްރޮފެޝަނަލް ފަރާތްތަކުގެ އަތުން ޑިއުޓީ ނެގުމުގައި، 2015/U-002 ގެ 3 ވަނަ މާއްދާގައިވާ ކަންތައްތަކުގެ އިތުރުން އަންނަނިވި ކަންތައްތަކަށް ބަލައި ޑިއުޓީ ނެގުމުގައި އިސްތިސްނާކުރެވޭނެއެވެ.

1

މަސައްކަތަށް ޚާއްސަ ތަކެއްޗާއި، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ ކިޔަވާ ކުދިން ގެންނަ ކޮމްޕިއުޓަރ ސާމާނު

2

01 އަހަރާއި 03 އަހަރާއި ދެމެދުގެ މުއްދަތަކަށް ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކަށް ޑިއުޓީ ނެގުމުގައި 11،500ރ. ގެ ޢިނާޔަތެއް ދެވޭނެއެވެ.

3

03 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު އެނބުރި ދިވެހިރާއްޖެ އަންނަ ފަރާތްތަކަށް ޑިއުޓީ ނެގުމުގައި 14،000ރ. ގެ ޢިނާޔަތެއް ދެވޭނެއެވެ.

4

ރާއްޖެއިން ބޭރުގަ 03  އަހަރަށް ވުރެ ގިނަ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 14000 (ސާދަހާސް) ރުފިޔާގެ މިންވަރު

5

(a)3 ގައި ބަޔާންކުރެވިފައިވާ ތަކެތީގެ އިތުރުން، 01 އަހަރަށްވުރެ ގިނަދުވަހު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު އެނބުރި ދިވެހިރާއްޖެ އަންނަ ފަރާތްތައް ގެންނަ އާ ނޫން ތަކެތި (Used Items)

6

06 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި މަސައްކަތްކުރުމަށް ރާއްޖެ އަންނަ އެހެން ޤައުމުތަކުގެ ރައްޔިތުން، އެ މުއްދަތުގައި ރާއްޖޭގައި ހުރެ މަސައްކަތްކުރުމަށްޓަކައި ގެންނަ އާ ނޫން ތަކެތި (Use Items)

7

އަމިއްލަ ބޭނުމަށް ގެންނަ ތަކެތީގެ ތެރެއިން 10،000ރ. ނުވަތަ އެއަށް ވުރެ އަގު ދަށް ތަކެތި.

 

ޑިއުޓީ މައާފުވާ މުދާ

ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ ދަށުން، ފަތުރުވެރިންނާއި އެހެނިހެން ފަސިންޖަރުން އަމިއްލަ ބޭނުމަށް ގެންނަ ތަކެތީގެ ތެރެއިން އަންނަނިވި ތަކެތިން ޑިއުޓީ ނުނެގޭނެއެވެ.

ކެޓަގަރީ 1

ސިޓީ ޕޯސްޓް އަދި އެހެނިހެން ލިޔެކިޔުން

ނޯޓް: މި ކެޓަގަރީގައި ހިމެނެނީ ޝާއިޢު ކުރެވިފައިވާ ލިޔެކިޔުމާއި އިލެކްޓްރޯނިކްކޮށް ރައްކާކުރެވިފައިވާ ލިޔެކިޔުމުގެ ތެރެއިން ޢިޤްތިޞާދީގޮތުން ބަލާއިރު އަގެއް ނެތް ލިޔެކިޔުމެވެ.
ކެޓަގަރީ 2

ހަމައެކަނި އަގު ދަށް ތަކެތި އެކުލެވިގެންވާ، ބަންދުކުރެވިފައިވާ ފޮށިގަނޑުތައް. މީގެ ތެރޭގައި އަންނަނިވި ތަކެތި ހިމެނެއެވެ.

(ހ) ރާއްޖޭގައި ބެހުމަށްޓަކައި އިމްޕޯޓްކުރެވޭ ލީފްލެޓް ފަދަ ތަކެތި

(ށ) ވިޔަފާރިވެރިން ސާމްޕަލެއްގެ ގޮތުގައި ބޭނުންކުރުމަށް އެތެރެކުރާ ތަކެތި. (ސާމްޕަލެއްގެ ގޮތުގައި ބޭނުންކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން 50 ޑޮލަރަށްވުރެ އަގު ބޮޑު ތަކެތީގައި އެއީ ސާމްޕަލްއެއްކަން އަންގައިދޭ ލޭބަލްއެއް ހުންނަންވާނެއެވެ.)

(ނ) އެތަކެތީގެ ޖުމްލަ އަގު 10،000ރ. ނުވަތަ އެއަށްވުރެ ދަށް، އަމިއްލަ ބޭނުމަށް ގެންނަ ތަކެތި.
ކެޓަގަރީ 3

(ހ) ފަސިންޖަރުން ދިވެހިރާއްޖެ އަންނައިރު އެފަރާތްތަކުގެ އަމިއްލަ ބޭނުމަށް ގެންނަ ތަކެތި. މީގެ ތެރޭގައި ހިމެނެނީ:

  1. އަންނައުނު / ގަހަނާ / އަތުކުރިގަޑި / ގަލަން / ފަސޭހައިން އުފުލޭތަކެތި (Portable Gadgets) / ޝޭމްޕޫ އަދި ސައިބޯނި ފަދަ ތަކެތި / ފޮތް / މެގަޒިން / ނޫސްކަރުދާސް
  2. 200 ސިނގިރޭޓު / 25 ސުއްޓާ / ގިނަވެގެން 250 ގްރާމްގެ ދުންފަތް

3. އެތަކެތީގެ ޖުމްލަ އަގު 10،000ރ. ނުވަތަ އެއަށްވުރެ ދަށް، އަމިއްލަ ބޭނުމަށް ގެންނަ އެހެނިހެން ތަކެތި