×

އިމްޕޯޓަރުން

ޑިއުޓީ ދެއްކުން

އިމްޕޯޓް ޑިއުޓީ ދެއްކުން

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ނުވަތަ ރާއްޖޭގެ ބޭންކެއްގެ ޗެކަކުންނެވެ. ބައެއް ޙާލަތްތަކުގައި އިލެކްޓްރޯނިކް ވަސީލަތްތަކުން ފައިސާ ދެއްކޭނެއެވެ.

ކަސްޓަމްސްއަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ މުދަލުގެ ބަޔާން ހުށަހަޅާ ފޯމް ނިންމާތާ 15 ދުވަސްތެރޭ ދައްކަންޖެހޭނެއެވެ.

މިމުއްދަތުގެ ތެރޭގައި ޑިއުޓީ ނުދައްކައިފިއްޔާ މުދަލުގެ ޑިކްލަރޭޝަން ބާތިލްކުރެވޭނެއެވެ. އަދި އެމުދާ ދޫކުރެވޭނީ އަލުން މުދަލުގެ ބަޔާން ހުށަހެޅުމުންނެވެ.