×

އިމްޕޯޓަރުން

ޕާރަސަނަލް އިފެކްޓްސްގެ ގޮތުގައި އިމްޕޯޓްކުރެވޭ މުދާ

ޕާރސަނަލް އިފެކްޓްސްގެ ގޮތުގައި ގެނެވޭ މުދާ

ތިރީގައިވާ ބައިތަކަށް ފެތޭ މުދަލަކީ އަމިއްލަ ބޭނުމަށް ނުވަތަ ޕާ×ރސަނަލް އިފެކްޓްސްގެ ގޮތުގައި ބެލެވޭނެމުދަލެވެ. އަދި ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާގޮތަށް މިމުދަލަށް ޑިއުޓީ ދައްކާކަށްނުޖެހޭނެއެވެ.

ނޯޓް: ޕްރޮފެޝަނަލް ގިންތީގެ މީހުން ކަނޑައަޅާނީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސް އެމްޕްލޯއިމެންޓް އެންޑް ލޭބަރއިންނެވެ.

ޕާރސަނަލް އިފެކްޓްސްގެ ގޮތުގައި ގެނެވޭ މުދަލުގެ ލިޔެކިޔުންތައް ވެލުއޭޝަން ޑޮކިއުމެންޓޭޝަން ސެކްޝަނަށް ހުށަހަޅާ ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހު އެމުދާ ދޫކުރުމަށްއެދި ކަސްޓަމްސްގެ ކާރގޯ އެގްޒަމިނޭޝަނަށް ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

މުދާ ރާއްޖެއަށް އަންނައިރު މުދަލުގެ ވެރިފަރާތް ރާއްޖޭގައި ނެތްނަމަ، ވެރިފަރާތުގެ ސިޓީއަކާއި އެކު ޕާސްޕޯޓް ކޮޕީ ހުށަހެޅުމުން މުދާ ދޫކުރެވޭނެއެވެ.

 

ޕާރސަނަލް އިފެކްޓްސްގެ ގޮތުގައި ދޫކުރެވޭ މުދަލުގެ ބަޔާން ހުށަހެޅުން

ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ ދަށުނ އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި، އަގުގެ ގޮތުން 6000 ރުފިޔާ ނުވަތަ އެއަށްވުރެ އަގު ހެޔޮނަމަ، އެތަކެތިން ޑިއުޓީ ނުނަގާނެއެވެ. އެ އަދަދަށް ތަކެތީގެ އަގު ފެތޭތޯ ބަލާނީ ފްރައިޓާއި އިންޝުއަރެންސް ނުހިމަނައެވެ.

އަމިއްލަ ފަރާތްތަކުން ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތި ކޮންސައިންކޮށްފައި ހުންނަންވާނީ އަމިއްލަ ފަރުދެއްގެ ނަމުގައެވެ. ކުންފުންޏެއްގެ ނަމުގައި މި ތަކެތި ކޮންސައިންކޮށްފައިވާނަމަ ބެލެވޭނީ ވިޔަފާރީގެ ބޭނުމަށް އެތެރެކޮށްފައިވާ ތަކެތީގެ ގޮތުގައެވެ. އެހެންކަމުން، މި ތަކެއްޗަށް އާންމު އިމްޕޯޓު މަރުޙަލާ ފުރިހަމަ ކުރަންޖެހޭނެއެވެ.

އަމިއްލަ ފަރާތްތަކުން ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ ތެރެއިން 6000 ރުފިޔާގެ އިނާޔަތްލިބޭ ކެޓަގަރީއަށް ފެތޭ ނަމަވެސް ޢަދަދުގެ ގޮތުން ގިނަ ތަކެއްޗަށް މުދަލުގެ ބަޔާން ހުށަހަޅަންޖެހޭނެއެވެ. މިފަދަ ޙާލަތުގައި މުދަލުގެ ބަޔާން އެސެސްކުރެވިގެންދާނީ 6000 ރުފިޔާގެ އިނާޔާތް ދިނުމަކާނުލައެވެ. އަދި މި ތަކެއްޗަކީ ވިޔަފާރި ބޭނުމަށް އެތެރެކުރެވޭ ތަކެތި ކަމަށް ބެލެވި، މި ތަކެއްޗަށް އިމްޕޯޓު ޑިއުޓީ ދައްކަން ޖެހޭނެއެވެ.

އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އަގު 6000 ރުފިޔާ އަށްވުރެ ބޮޑުނަމަ، އެތަކެތިން ޑިއުޓީ ނަގާނީ ތަކެތީގެ އަގުން 6000 ރުފިޔާ އުނިކުރުމަށްފަހުގައެވެ. މިގޮތުން 6000 ރުފިޔާ އުނިކުރާނީ، ފްރައިޓާއި އިންޝުއަރެންސް ނުހިމަނައި މުދަލުގެ އަގުންނެވެ. މިސާލަކަށް: 10000 ރުފިޔާގެ އަގުހުރި މުދަލެއް އިމްޕޯޓު ކުރާނަމަ ޑިއުޓީ ނަގާނީ 4000 ރުފިޔާއަށެވެ. (10000 ރުފިޔާ – 6000 ރުފިޔާ)

މުދަލުގެ ބަޔާން ހުށަހަޅަންޖެހޭ ހާލަތްތަކުގައި ކަސްޓަމްސްގެ އާންމު އިމްޕޯޓު މަރުހަލާ ފުރިހަމަ ކުރަންޖެހޭނެއެވެ. އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތި އިމްޕޯޓު ކުރި ވަގުތު އެ ތަކެތީގެ ކޮމާޝަލް އިންވޮއިސް ނެތް ޙާލަތުގައި، މުދަލަުގެ ޞައްޙަ މަޢުލޫމާތު ބަޔާންކޮށް ޕެސެންޖަރ/ކްރޫ ވެލުއޭޝަން ފޯމު، މުދަލުގެ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.