×

އިމްޕޯޓަރުން

ވަގުތީ ގޮތުން ބޭނުންކުރުމަށް އެތެރެކުރެވޭ މުދާ

ރާއްޖޭގައި ބޭނުންކުރުމަށްފަހު، އަނބުރާ ގެންދާ ގޮތަށް އިމްޕޯޓް ކުރެވޭ މުދާ

ރާއްޖޭގައި ބޭނުންކުރުމަށްފަހު، އަނބުރާ ގެންދާ ގޮތަށް މުދާ ދޫކުރެވޭނީ އެމުދަލުގެ ކޯޑް ނުވަތަ ސީރިއަލް ނަންބަރު އެނގޭގޮތަށް މުދަލުގައި ފާހަގަކުރެވިފައިވާނަމައެވެ.

އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓުކުރުމަށް ހުއްދަ ދެވޭ ތަކެތި

މައުރަޒުތަކާއި، ބައިނަލްއަގުވާމީ ފެއަރތަކާއި، ބައިނަލްއަގުވާމީ ޖަލްސާތަކާއި، ކުޅިވަރު ޙަފްލާތަކާއި، ބައްދަލުވުން އަދި އިވެންޓުތަކަށް ޚާއްސަކޮށް އެތެރެކުރާ ތަކެތި

ރާއްޖޭގައި އޮންނަ ޚާއްސަ އިވެންޓުތައް ކަވަރުކުރަން އަންނަ ނޫސްވެރިން، ބްރޯޑްކާސްޓަރުން، ފޮޓޯގްރާފަރުން ފަދަ މީސްމީހުން އެމީހުންގެ މަސައްކަތަށް ޚާއްސަކޮށް އެތެރެކުރާ ތަކެއްޗާއި، ސިނެމަޓޯގްރާފިކް ސާމާނު

އެކިއެކި ޕްލާންޓްތަކާއި މެޝިނަރީ އިންސްޓޯލްކުރުމަށާއި މަރާމާތުކުރުމަށް ޚާއްސަކޮށް ގެންނަ ސާމާނާއި، އިންޓަރނޭޝަނަލް ވޮރަންޓީ ދީފައިވާ ފަރާތަކުން އެވޮރަންޓީ ދީފައިވާ އެއްޗެއްގެ މަރާމާތުކުރުމަށް އަންނަ ފަރާތަކުން އެމަސައްކަތަށް ޚާއްސަކޮށް ގެންނަ ތަކެތި

އެކިއެކި ސަރވޭތަކާއި، ދިރާސާތަކާއި، ޕްރޮފެޝަނަލް ދާއިރާތަކުގެ މާހިރުން އެދާއިރާތަކުގެ ޚާއްސަ ބޭނުމަށް އެތެރެކުރާ ސާމާނާއި އާލާތްތައް

ދިވެހިރާއްޖޭގެ އިގްތިޞާދާއި، ޢިޖުތިމާޢީ ކުރިއެރުމަށްޓަކައި ޚާއްސަ މަސައްކަތް ކުރުމަށް ގެންނަ، މެޝިނަރީ، އުޅަނދުފަހަރު އަދި އިކުއިޕްމެންޓުތައް (މެޝިނަރީ، އުޅަނދު އަދި އިކުއިޕްމެންޓުގެ ސްޕެއަރ ޕާރޓްސް މީގެ ތެރޭގައި ނުހިމެނެއެވެ.)

ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރާ މުދަލަށް، އިމްޕޯޓް ޑިއުޓީގެ ޢިނާޔަތްދެވޭ މިންވަރު

އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އަނބުރާ ގެންދާނަމަ އެމުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ 100% ޢިނާޔަތްދެވޭނެއެވެ.

އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 90 ދުވަސްވުމަށްފަހު، 180 ދުވަސްވުމުގެ ކުރިން އެ މުދާ އަނބުރާ ގެންދާނަމަ، އެމުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ 95% ޢިނާޔަތްދެވޭނެއެވެ.

އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 180 ދުވަސްވުމަށްފަހު، 1 އަހަރުވުމުގެ ކުރިން އެ މުދާ އަނބުރާ ގެންދާނަމަ އެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ 90%  ޢިނާޔަތް ދެވޭނެއެވެ.

އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 1 އަހަރުވުމަށްފަހު، 2 އަހަރުވުމުގެ ކުރިން އެ މުދާ އަނބުރާ ގެންދާނަމަ އެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ 80% ޢިނާޔަތް ދެވޭނެއެވެ.

އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 2 އަހަރުވުމަށްފަހު އަނބުރާ ގެންދިޔަނަމަވެސް އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީގެ 100% ދައްކަންވާނެއެވެ.

އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އެތެރެކުރެވޭ މުދަލަށް ރާއްޖެއިން ޒިންމާވާ ފަރާތުގެ މަސްއޫލިއްޔަތު

ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް މުދާ އިމްޕޯޓުކުރުމަށްޓަކައި ކަސްޓަމްސް އާންމު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގުޑްސް ޑިކްލަރޭޝަން ފޯމު ހުށަހެޅުން
ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްގައިވާ މުދާ، ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ރާއްޖެއިން ފޮނުވާލުން، ނުވަތަ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ، އެ މުއްދަތު ބަޔާންކޮށް ކަސްޓަމްސްއަށް ލިޔުމުން ހުށަހެޅުން
ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ މުދާ އަނބުރާ ފޮނުވާލުމަށްޓަކައި، ކަސްޓަމްސް އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގުޑްސް ޑިކްލަރޭޝަން ހުށަހެޅުން
ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓުކޮށްފައިވާ މުދާ، ރާއްޖެއިން ބޭރަށް ފޮނުވާލެވެންދެން ނުވަތަ ކަސްޓަމްސް އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިމްޕޯޓް ޑިއުޓީ ދައްކާ ނިމެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން
ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ މުދަލަށް، ކަސްޓަމްސް އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ މުދާ އިމްޕޯޓު ކުރިއިރު ޑިކްލެއަރ ކޮށްފައިވާ އަގުން ކަސްޓަމްސްއަށް ދެއްކުން
ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެނދާގޮތަށް އިމްޕޯޓް ކޮށްފައިވާ މުދަލެއް، އެހެން ފަރާތަކަށް ވިއްކުމުގެ ސަބަބުން ނުވަތަ އިމްޕޯޓުކުރި ބޭނުން ފިޔަވައި އިތުރު އެހެން މުޢާމަލާތެއް ކުރުމުގެ ސަބަބުން އެ މުދަލަށް، އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ މުދާ އިމްޕޯޓުކުރިއިރު ޑިކްލެއަރ ކޮށްފައިވާ އަގުން ކަސްޓަމްސްއަށް ދެއްކުން
ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެނދާގޮތަށް އިމްޕޯޓް ކޮށްފައިވާ މުދަލެއް، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ ނުވަަތަ ގެއްލިއްޖެނަމަ ނުވަތަ ވަގަށްނަގައިފިނަމަ ނުވަތަ މަދުވެއްޖެނަމަ، އެ ކަމެއް ފާހަަކުރެވޭ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ކަސްޓަމްސްއަށް އެންގުމާއި އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓު ޑިއުޓީ ދެއްކުން

 

ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށްޓަކައި ގުޑްސް ޑިކްލަރޭޝަންއާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

އަނބުރާ ގެންދާގޮތަށް މުދާ ދޫކުރުމަށް އެދޭ ފޯމު
އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފައިގެން ރާއްޖެއަށް ގެންނަ ތަކެތި ރާއްޖެއަށް ގެނައުމަށް، ރާއްޖެއިން ބޭރުގެ ފަރާތަކާއެކު ވެވިފައިވާ އެއްބަސްވުން އަދި ޑިޕޮސިޓް ދައްކާފައިވާނަމަ ދެއްކި ޢަދަދު އެނގޭނެ ލިޔުން