×

އިމްޕޯޓަރުން

މުދާ ބަލާފާސްކުރުން

އިމްޕޯޓް މުދާ ބަލައިފާސްކުރުން

ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލް ސަރަޙައްދުގައި ހުންނަ މުދާ ކަސްޓަމްސްއިން ބަލައި ފާސްކުރާނެއެވެ. އަދި ކަސްޓަމްސްއަށް ހުށަހަޅާފައިވާ މުދަލުގެ ބަޔާނާއި ރާއްޖެއަށް އެތެރެވެފައިހުރި މުދަލާއި ދިމާވޭތޯ ބަލައި، ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ހުރިތޯ ބަލާނެއެވެ.

ކަސްޓަމްސްއަށް ލިބިފައވާ ޤާނޫނީ ބާރުގެ ތެރެއިން ކަސްޓަމްސްއިން މުދާ ބަލައި ފާސްކުރާނީ މުދަލުގެ ވެރިފަރާތް ނުވަތަ އެމުދަލަކާއި ޙަވާލުވެހުރި އެޖެންޓެއްގެ ހާޒިރުގައެވެ.

މުދަލުގެ ވެރިފަރާތް ނުވަތަ މުދަލާއި ޙަވާލުވެހުރި އެޖެންޓަކު ބަލައި ފާސްކުރާތަނަށް ހާޒިރުނުވި ޙާލަތެއްގައި  އެމީހުންގެ ޣައިރު ޙާޒިރުގައި މުދާ ބަލައިފާސްކުރުމުގެ ޙައްގު ކަސްޓަމްސްއަށް ލިބިގެންވެއެވެ.