×

ކަސްޓަމްސްގެ މެދުވެރިން

ރެޖިސްޓްރީކުރުން

ރަޖިސްޓްރީކުރުން

ބްރޯކަރ ނުވަތަ ކަސްޓަމްސްގެ މެދުވެރިއަކަށްވުމަށް ކަސްޓަމްސްގައި ރަޖިސްޓްރީ ވުމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގެ ޖަދުވަލު 27 ގައިވާ ރަޖިސްޓްރޭޝަން ފޯމާއިއެކު ތިރީގައިވާ ލިޔެކިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންޖެހޭނެއެވެ.

 

ކަސްޓަމްސް ބްރޯކަރ ނުވަތަ ކަސްޓަމްސް މެދުވެރިންގެ ފޯމް ކަސްޓަމްސް ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

ފޯމް ފުރުމަށްފަލު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފޯމް ހުށަހަޅުއްވާނީ ކަސްޓަމްސް ހެޑްއޮފީހުގެ 3 ވަނަ ފަންގިފިލާގެ އެޑްމިނިސްޓްރޭޝަން ސެކްޝަނަށެވެ.

ޚާއްސަ ޙާލަތްތަކުގައި ފޯމާއިއެކު ކުންފުނީގެ ޑައިރެކްޓަރެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ބިދޭސީއެއް ނަމަ ވާރކްޕާރމިޓްގެ އަސްލު ލިބެން ނެތް ކަމުގައިވިޔަސް ފޯމް ބަލައިގަނެވޭނެއެވެ. ނަމަވެސް ލައިސަންސް ދޫކުރެވޭނީ މިތަކެތީގެ އަސްލު ލިބުމުންނެވެ.

ފޯމު ހުށަހަޅުއްވާތާ 7 ދުވަސް ތެރޭގައި (ބަންދު ދުވަސް ނުހިމެނޭގޮތަށް) ރަޖިސްޓްރީކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3334179 އަށް ގުޅުއްވާށެވެ.