×

އުޅަނދުފަހަރު

ކަނޑުމަގުން އަންނަ އުޅަނދުފަހަރު

ކަނޑު އުޅަނދުފަހަރު

އިންވާރޑް ކްލިއަރެންސް

ދިވެހިރާއްޖެއަށް އެތެރެވާ ހުރިހާ އުޅަނދުފަހަރަކުން ރާއްޖެއަށް އައުމުގެ ކުރިން އިންވާރޑް ކްލިއަރެންސް ހޯދަންޖެހޭނެއެވެ. އަދި އުޅަނދުގެ އެޖެންޓެއްގެ ގޮތުގައި މާލޭގައި މީހަކު ކަނޑައެޅިފައި ހުންނަންޖެހޭނެއެވެ. އެއްވެސް ސަބަބަކާއިހުރެ އުޅަނދު ރާއްޖެއަށް އަންނައިރު މިއިން ކަމެއް ފުރިހަމަ ނުވާކަމުގައިވާނަމަ، ވީއެޗްއެފް ޗެނަލް 16 މެދުވެރިކޮށް ކަސްޓަމްސްއަށް އެކަން އަންގަންވާނެއެވެ. އަދި އުޅަނދު ރާއްޖެއަށް އައުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި އެޖެންޓެއް ހަމަޖައްސަންޖެހޭނެއެވެ. ޑިޕްލޮމެޓިކް ބޭނުންތަކަށް އަންނަ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކަށް އިންވާރޑް ކްލިއަރެންސް ލިބޭނީ ތިރީގައިވާ ތަންތަނުން އެޖެންޓަށް ހުއްދަ ލިބުނީމައެވެ.

ކަސްޓަމްސްގެ އޮފީސްތައް ނުހުންނަ ރަށްރަށުގައި އިންވާރޑް ކްލިއަރެންސް ދޭނީ އެ ރީޖަނެއްގެ ކަސްޓަމްސް ޑިއުޓީގައި އިން އޮފިސަރަކު ނުވަތަ އަތޮޅު ކައުންސިލުންނެވެ،

ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު މާލެ ނޫން އެހެން ބަނދަރަކަށް ދާނަމަ މިނިސްޓްރީ އޮފް ޑިފެންސް އިން ހުއްދަނަގަންޖެހޭނެއެވެ.

 
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 

އައުޓްވާރޑް ކްލިއަރެންސް

ކަަސްޓަމްސްގެ އާންމު ގަވާޢިދުގެ ޖަދުވަލު 69 ގައިވާ ގޮތުން ދިވެހިރާއްޖެއިން ބޭރަށް ކަނޑުމަގުން ނުވަތަ ވައިގެމަގުން ފުރާ ކޮންމެ އުޅަނދެއް ފުރުމުގެ ކުރުން އައުޓްވާރޑް ކްލިއަރެންސް ހޯދަންޖެހޭނެއެވެ.

 
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 

އައުޓްވާރޑް ކްލިއަރެންސް ދޫކުރާ ބަނދަރުތައް