×

އެކްސްޕޯޓަރުން

މުދަލުގެ ބަޔާން ހުށަހެޅުން

މުދަލުގެ ބަޔާން ހުށަހެޅުން

އިމްޕޯޓް އެކްސްޕޯޓް ޤާނޫނު (ޤާނޫނު ނަންބަރު: 31/79) ގައިވާ ގޮތުގެ މަތިން ރާއްޖޭގައި ހެއްދޭ ނުވަތަ އުފެއްދޭ ތަކެއްޗާއި އެނޫންވެސް ތަކެތި ރާއްޖެއިން ބޭރަށް ފޮނުވޭނީ އެކަމަށް ޚާއްސަ ހުއްދައެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ނަގައިގެންނެވެ.

ދިވެހިރާއްޖެއިން ފޮނުވާލުމަށް (އެކްސްޕޯރޓްގެ ގޮތުގައި ނުވަތަ ރީއެކްސްޕޯރޓްގެ ގޮތުގައި) މުދާ ފުލައިޓަށް އެރުވުމުގެ ކުރިން، ޝިޕްމެންޓްގައި ހިމެނޭ މުދަލުގެ ޢަދަދާއި، އަގު، އެފް.އޯ.ބީ. އިން އެގޭ ގޮތަށް ތަފްޞީލާއެކު ކަސްޓަމްސް އަށް ހުށަހަޅަން ވާނެއެވެ.

ދިވެހިރާއްޖެއިން މުދާ އެކްސްޕޯޓްކޮށް ރީއެކްސްޕޯޓް ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދޫކުރާ އެކްސްޕޯޓް ކުރުމުގެ ހުއްދައޮންނަ ފަރާތްތަކަށް އެކަންޏެވެ. މުދަލެއް އެކްސްޕޯޓް ކުރާ ހާލަތެއްގައި މިހުއްދަ ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދާ ހުންނަންވާނީ އެކްސްޕޯޓްކުރުމުގެ ހުއްދަ އޮންނަ ފަރާތެއްގެ ނަންމަތީގައެވެ.