×

އެކްސްޕޯޓަރުން

އެކްސްޕޯޓް ކާރގޯ ބަލާފާސްކުރުން

އެކްސްޕޯޓް މުދާ ބަލައިފާސްކުރުން

ވިޔަފާރި އުސޫލުން އެކްސްޕޯޓްކުރެވޭ މުދާ ބަލައި ފާސްކުރުން:

ވިޔަފާރި އުސޫލުން އެކްސްޕޯޓް ކުރެވޭ މުދަލުގެ ލިޔެކިޔުންތައް ވެލުއޭޝަން ޑޮކިއުމެންޓޭޝަނަށް ހުށަހަޅައި ނިންމުމަށްފަހު މުދާ ބަލައި ފާސްކުރުމަށްއެދި ތިރީގައިވާ ލިޔެކިޔުންތައް ކާރގޯ އެގްޒަމިނޭޝަނަށް ހުށަހަޅަންވާނެއެވެ.

އެކްސްޕޯޓް މުދާ ބަރުކުރުމަށް ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކުރާނަމަ، ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވާ ބޭލުމަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. އަދި މުދާ ބަރުކުރުމަށްދާ އުޅަނދު ކަސްޓަމްސް އޮފިސަރު އުޅަނދުގައި ނެތި ދަތުރުކުރާ ޙާލަތުގައި ވެސަލް ޗެކްކުރުމަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ.

 

ރީ-އެކްސްޕޯޓް ކުރެވޭ މުދާ ބަލައި ފާސްކުރުން:

ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަށްފަހު އެކްސްޕޯޓްކުރެވޭ މުދަލުގެ ލިޔެކިޔުންތައް ވެލުއޭޝަން ޑޮކިއުމެންޓޭޝަނަށް ހުށަހަޅައި ނިންމުމަށްފަހު މުދާ ބަލައި ފާސްކުރުމަށްއެދި ތިރީގައިވާ ލިޔެކިޔުންތައް ކާރގޯ އެގްޒަމިނޭޝަނަށް ހުށަހަޅަންވާނެއެވެ.

ރީ-އިމްޕޯޓް ކުރެވޭ މުދާ ނުވަތަ އަނބުރާ ގެންނަގޮތަށް އެކްސްޕޯޓްކުރެވޭ މުދާ ބަލައި ފާސްކުރުން:

އަނބުރާ ގެންނަގޮތަށް އެކްސްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ ކަސްޓަމްސްގެ ޢާންމު ގަވާޢިދުގެ 140 ވަަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ މުދަލެވެ.

އަނބުރާ ގެންނަގޮތަށް އެކްސްޕޯޓްކުރެވޭ މުދަލުގެ ލިޔެކިޔުންތައް ވެލުއޭޝަން ޑޮކިއުމެންޓޭޝަނަށް ހުށަހަޅައި ނިންމުމަށްފަހު މުދާ ބަލައި ފާސްކުރުމަށް އެދި ތިރީގައިވާލިޔެކިޔުންތައް ކާރގޯ އެގްޒަމިނޭޝަނަށް ހުށަހަޅަންވާނެއެވެ.