×

އެކްސްޕޯޓަރުން

ރެޖިސްޓްރީކުރުން

އެކްސްޕޯރޓް ކުރުމަށް ރަޖިސްޓްރީކުރުން

އެއްވެސް ފަރާތަކުން ދިވެހިރާއްޖެއިން މުދާ އެކްސްޕޯރޓް ކުރާނަމަ ނުވަތަ ރީއެކްސްޕޯޓް ކުރާނަމަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ގައި ރަޖިސްޓްރީ ކުރަން ވާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިމްޕޯރޓް/އެކްސްޕޯރޓް ކުރުމުގެ ޤާނޫނު 31/79 ގެދަށުން ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކުން 1ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ދައްކަން ޖެހެއެވެ.

ދިވެހިރާއްޖެއިން މުދާ އެކްސްޕޯރޓް ކުރާ ފަރާތްތަކުން (އަމިއްލަ ބޭނުމުގައި ފޮނުވާ ތަކެތި ފިޔަވައި) ކަސްޓަމްސްގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

ކަސްޓަމްސްގައި ރަޖިސްޓްރީވުމަށް، ކަސްޓަމްސް ޕޯރޓަލް މެދުވެރިކޮށް އޮންލައިން ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅުއްވާށެވެ.

ރަޖިސްޓްރޭޝަން ގައިޑްލައިން ވިދާޅުވުމަށް.