×

ދަތުރުވެރިންނަށް

ޑިއުޓީ ހިލޭ ޢިނާޔަތްތައް

ޑިއުޓީ ޢިނާޔަތްދިނުން

ޑިއުޓީފްރީ އިނާޔަތް ދެވޭނެ މިންވަރު

ކަސްޓަމްސްގެ ނަމްބަރު 2015/U-002(3) އުޞޫލުގައިވާގޮތުގެމަތިން ރާއްޖެއިން ބޭރުގައި ކިޔަވަން އުޅެފައި، ވަޒަންވެރިވެގެން އުޅެފައި  އަދި މަސައްކަތްކުރަށް އުޅެފައި އެބުރި ރާއްޖެ އަންނަ ފަރާތްތަކަށް ތިރީގައިވާގޮތަށް ޑިއުޓީ މާފް ކުރެވޭނެއެވެ.

1 ރާއްޖެއިން ބޭރުގަ އުޅެފަ އަންނަ ދަރިވަރުން ތަޢުލީމް ޙާސިލްކުރުމަށް ބޭނުންކުރާ ޕްރޮފެޝަނަލް އިކުއިޕްމަންޓް އަދި ކޮމްޕއުޓަރ ފަދަތަކެތި
2

ރާއްޖެއިން ބޭރުގަ 06  މަސް ދުވަހާއި 01  އަހަރާއި ދޭތެރޭ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 9000 (ނުވަހާސް) ރުފިޔާގެ މިންވަރު،

3 ރާއްޖެއިން ބޭރުގަ 01  އަހަރާއި 03  އަހަރާއި ދޭތެރޭ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 11000 (އެގާރަހާސް) ރުފިޔާގެ މިންވަރު،
4 ރާއްޖެއިން ބޭރުގަ 03  އަހަރަށް ވުރެ ގިނަ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 14000 (ސާދަހާސް) ރުފިޔާގެ މިންވަރު،
5

ރާއްޖެއިން ބޭރުގަ 01 އަހަރަށް ވުރެ ގިނަ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތީގެ ތެރެއިން އެފަރާތްތަކުން ރާއްޖެއިން ބޭރުގައި ބޭނުން ކޮންފަ ގެންނަ ތަކެތި،

6

06  މަސް ދުވަހަށްވުރެ ދިގުމުއްދަތަކަށް ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ޕްރޮފެޝަނަލް ގިންތީގެ މީހުން އެމީހުން ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގެންނަ ބޭނުންކޮންފައި ހުންނަ ތަކެތި،

7

އަމިއްލަ ކުދިކުދި ބޭނުމަށް ގެންނަ ތަކެތީގެ 10,000 (ދިހަހާސް) ރުފިޔާގެ މިންވަރު

 

ޑިއުޓީ ފުރީ މުދާ

ޤާނޫނު ނަމްބަރު 31/79 ( ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގައިވާ ގޮތުގެ މަތިން ދިވެހިޜާއްޖެއަށް އަންނަ ޓޫރިސްޓުން އަދި ދަތުރުވެރިން އެމީހުންގެ އަމިއްލަ ބޭނުމަށް     ގެންނަ ތަކެތި ޑިއުޓީ މާފް ވާނެއެވެ.

ކެޓަގަރީ 1

ލިޔެކިޔުމާއި ޑޮކިއުމަންޓްސް ފަދަ ތަކެތި

ޗާޕްކޮންފައި ހުންނަ ނުވަތަ އިލެކްޓްރޯނިކް މީޑިޔާގައި ހުންނަ އެކި ބާވަތްތަކުގެ ލިޔެކިޔުމާއި ޑޮކިއުމެންޓް ފަދަތަކެތީގެ ތެރެއިން ވިޔަފާރީގެ އަގެއްނެތް ތަކެތި (ނޯ ކޮމަރޝަލް ވެލިއު)

ކެޓަގަރީ 2

ވިޔަފާރި އިސްތިހާރު ކުރުމަށް އަދި ސާމްޕަލް ގޮތުގައި ބޭނުންކުރާ ތަކެތި

މިކެޓަގަރީގައި ހިމެނެނީ ވިޔަފާރި އިސްތިހާރު ކުރުމުގެ ގޮތުން ބަހަން ގެންގުޅޭ ލީފްލެޓްސް އަދި ބްރޯޝަރ ފަދަ ތަކެއްޗާއި، 50 (ފަންސާސް) އެމެރިކާ ޑޮލަރަށްވުރެ މަތިނޫން އަގުގެ ވިޔަފާރި ސާމްޕަލްގޮތުގައި އެތެރެކުރާ ތަކެއްޗާއި އަދި މީގެ އިތުރުން 10,000 (ދިހަހާސް) ރުފިޔާ އަސްވުރެ އަގު މަތިނޫން އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުމަށް އެތެރެކުރެވޭ ތަކެތިއެވެ.

ކެޓަގަރީ 3

ދަތުރު ވެރިންގެ އަމިއްލަ ބޭނުމަށް ގެންނަ ތަކެތި

މިކެތަގރީގައި ހިމެނެނީ ރާއްޖެއިން ބޭރުން އަންނަ ދަތުރު ވެރިރާ އޭނަގެ އަމިއްލަ ބޭނުމަށް ގެންގުޅޭ ތަކެތީގެ ތެރެއިން ބޭނުން ކުރުމަށް ގެންގުޅޭ އަންނައުނު، ލެޕްޓޮޕް، ޕްލެޔަރ، ޓޮއިލެޓްރީޒް، ކިޔަން ގެންގުޅޭ ފޮތް ނޫސްމަޖައްލާ، އެކަށީގެންވާ އަދަދެއްގެ ގަހަނާއާއި އަތުކުރީގަޑި، ގަލަންފަދަ ތަކެއްޗާއި 200 ސިގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމް ދުންފަތުގެ އިތުރުން އަމިއްލަ ބޭނުންކުރާ ތަކެތީގެ 10,000 (ދިހަހާސް ރުފިޔާގެ މިންވަރުގެ ތަކެތި)