×

މުޢައްސަސާ އާއި ބެހޭ

ކަސްޓަމްސްގެ ތާރީޚް

ތާރީޚް

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ދައުރު އަދާކުރަން ފަށާފައިވަނީ މީލާދީން 1890 ވަނަ އަހަރު ޖުލައި މަހު 18 ވަނަ ދުވަހުއެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި މިޚިދުމަތް ފެށިގެން އައިސްފައިވާއިރު، ފާއިތުވި 128 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ ނަމަށް ތަފާތު ބަދަލުތަކެއްވަނީ އައިސްފައެވެ. ހަމަ އެފަދައިން ކަސްޓަމްސްގެ މަސައްކަތްތައް ހިންގުމަށް އެކިދުވަސްވަރު ތަފާތު އޮފީސް އިމާރާތްތައް ބޭނުންކުރެވިފައިވެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމަށް ކަސްޓަމްސް ޚިދުމަތް ބަދަލުވީ 11 ނޮވެމްބަރ 1998 ގައެވެ. އަދި ކަސްޓަމްސްގެ މައިގަނޑު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން މިހާރު ދެވެމުން މިދާ 9  ބުރީގެ އިމާރާތައް ބަދަލުވެފައިވަނީ 23 މާރޗް 2003 ގައެވެ. މީގެ އިތުރުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގައާއި ރާއްޖޭގެ 8 ރަށެއްގައި ސަރަޙައްދީ ކަސްޓަމްސް އޮފީސްތައް ވަނީ ގާއިމުކުރެވިފައިވެއެވެ.

ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަޤާމް އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ އާމިރު އަޙުމަދު ދޮށިމޭނާ ކިލެގެފާނެވެ. އެއަށްފަހު މިއަދާއި ހަމައަށް އައިއިރު މި މަޤާމް ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، އަލްފާޟިލް މުޙައްމަދު އިސްމާއިލް ދީދީއާއި، އަލްފާޟިލް ކ.އިބްރާހިމް ދީދީއާއި، އަލްފާޟިލް މުޙައްމަދު އިބްރާހިމް ދީދީއާއި، އަލްފާޟިލް އިބްރާހިމް ނާސިރާއި، އަލްފާޝިލް އަޙުމަދު ޒަކީއާއި، އަލްފާޟިލް ފާރޫގް އިސްމާއިލާއި، އަލްފާޟިލް އަބްދުﷲ ޚަލީލާއި، އަލްފާޟިލް ޙަސަން ޢަލީދީދީއާއި، އަލްފާޟިލް ޙުސައިން އަލީދީދީއާއި، އަލްފާޟިލް އަޙުމަދު ޝާތިރާއި، އަލްފާޟިލް މުޙައްމަދު ޒާހިރާއި އަލްފާޟިލް ހުސެއިން މަނިކުފާނު ހިމެނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާ ގުޅިފައިވަނީ އަލްފާޟިލް ހުސައިން މަނިކުފާނުގެ ދައުރުގައި 8 ސެޕްޓެމްބަރ 1995 ގައި އެޖަމިއްޔާގެ 139 ވަނަ މެމްބަރު ގައުމުގެ ގޮތުގައެވެ.

ކަސްޓަމްސް ހިންގުމާ އެންމެ އިސްކޮށް މިވަގުތު ޙަވާލުވެގެން ހުންނެވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލް ޔޫސުފް މާނިއު މުޙައްމަދު އެވެ