×

އިމްޕޯޓަރުން

ޑިއުޓީ ޢިނާޔަތްތައް

ޑިއުޓީ ޢިނާޔަތްތައް

ދިވެހިރާއްޖޭގެ ޤާނޫނެއްގެ ދަށުން ނުވަތަ ރައިސުލްޖުމްހޫރިއްޔާގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ މައާފުކުރެވޭނެއެވެ.

ދިވެހި ސަރުކާރުން ޑިއުޓީ މައާފުކޮށްފައިވާ މުއައްސަސާއަކަށް ނުވަތަ ފަރާތަކަށް ކަސްޓަމްސް ޑިއުޓީ މައާފުކުރާކަށް ކަސްޓަމްސް ޤާނޫނު ހުރަހެއްނާޅައެވެ. އަދި ބައިނަލްއަޤުވާމީ ނުވަތަ ބައިލެޓެރަލް އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ޑިއުޓީ މައާފުކޮށްދިނުމަކަށް ކަސްޓަމްސް ޤާނޫނު ހުރަހެއްނާޅައެވެ.

މިއިން ކޮންމެ ހާލަތެއްގައި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތުުން ޑިއުޓީ މައާފުކޮށްދިންކަމަށް ސަރުކާރުގެ މިނިސްޓްރީ އަކުން ނުވަތަ އެހެންވެސް މުއައްސަސާއަކުން ދީފައިވާ ލިޔުމެއް، ކަސްޓަމްސްގެ ޑިއުޓީ މައާފުކޮށްދިނުމަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ.