×

އިމްޕޯޓަރުން

ބޮންޑެޑް ވެއަރހައުސް

ބޮންޑެޑް ވެއަރހައުސް

ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ބޮންޑެޑް ވެއަރހައުސް ރަޖިސްޓްރީ ކުރާތާ 10 ދުވަސްތެރޭގައި އެބޮންޑެޑް ވެއަރހައުސްއަށް މަދުވެގެން 1 ބޮންޑް ކީޕަރު ރެޖިސްޓްރީ ކުރުމަށް ހުށަހަޅަންވާނެއެވެ.

ޚާއްސަ ޙާލަތްތަކުގައި ފޯމާއިއެކު ކުންފުނީގެ ޑައިރެކްޓަރެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ބިދޭސީއެއް ނަމަ ވާރކްޕާރމިޓްގެ އަސްލު ލިބެން ނެތް ކަމުގައިވިޔަސް ފޯމް ބަލައިގަނެވޭނެއެވެ. ނަމަވެސް ލައިސަންސް ދޫކުރެވޭނީ މިތަކެތީގެ އަސްލު ލިބުމުންނެވެ.

ފޯމު ހުށަހަޅުއްވާތާ 7 ދުވަސް ތެރޭގައި (ބަންދު ދުވަސް ނުހިމެނޭގޮތަށް) ބޮންޑެޑް ވެއަރހައުސް ރަޖިސްޓްރީކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3334179 އަށް ގުޅުއްވާށެވެ.

 

ދައްކަންޖެހޭ ފީ:

ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ ޖަދުވަލު 36 ގައިވާ ގޮތުގެ މަތީން މިޚިދުމަތަށް ބޮންޑެޑް ވެއަރހައުސްގެ ފީ ދައްކަންވާނެއެވެ.

(ހ) ބޮންޑެޑް ވެއަރހައުސް ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 20 ފޫޓު ކޮންޓެއިނަރއަކަށް މަހަކު

1000 ރުފިޔާ

(ށ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ 40 ފޫޓުގެ ކޮންޓެއިނަރއަކަށް މަހަކު

2000 ރުފިޔާ

(ނ) 400 އަކަފޫޓަށްވުރެ ކުޑަ އޭރިއާއެއް ހިމެނޭ ބޮންޑެޑް ވެއަރހައުސްއަކަށް މަހަކު

1000 ރުފިޔާ

(ރ) މިނަންބަރުގެ (ހ) އާއި (ށ) އަދި (ނ)ގައިވާ ބޮންޑެޑް ވެއަރހައުސްތައް ފިޔަވައި އެހެނިހެން ބޮންޑެޑް ވެއަރހައުސްތަކުގެ އަކަފޫޓަކަށް މަހަކު

2.50 ރުފިޔާ