×

އިމްޕޯޓަރުން

ކަސްޓަމްސްގެ މެދުވެރިން

ކަސްޓަމްސް މެދުވެރިން ރަޖިސްޓްރީވުން

ކަސްޓަމްސް މެދުވެރިންގެ ގޮތުގައި ރެޖިސްޓްރީވުމަށް ކުންފުނިތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

ކަސްޓަމްސް މެދުވެރިންގެ ލައިސަންސް ހޯދުމަށް ޖަދުވަލު 27 ގައިވާ ފޯމާއިއެކު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ރަޖިސްޓްރޭޝަން ފީ އަދި ކުންފުނީގެ އަހަރީ ފީ ކަސްޓަމްސްއަށް ދައްކާފައިވާނަމަ ފޯމް ހުށަހަޅުއްވާތާ 7 ދުވަސް ތެރޭގައި (ބަންދު ދުވަސް ނުހިމެނޭގޮތަށް) ލައިސަންސް ލިބޭނެއެވެ.

*ނޯޓު: ލިޔެކިޔުންތަކުގެ އޮރިޖިނަލްތައް ވެރިފައިކުރުމަށްފަހު ވަގުތުން އަނބުރާ ރައްދުކުރެވޭނެއެވެ.

ކުންފުންޏަކީ އިމްޕޯޓް/އެކްސްޕޯޓް ވިޔަފާރިއެއް ނަމަ، ކުންފުންޏަށް ކަނޑައެޅިފައިވާ "ސީ" ނަންބަރު ކެންސަލްކޮށްދިނުމަށް އެދި ސިޓީއަކުން ހުށަހަޅަންވާނެއެވެ. އަދި ކުންފުނީގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކީ (ޑިރެކްޓަރުންނާއި އެހެނިހެން މުވައްޒަފުން ހިމެނޭ ގޮތަށް) އިމްޕޯޓް/އެކްސްޕޯޓް ވިޔަފާރިކުރާނެ މުވައްޒަފެއް ނޫންކަން ބަޔާންކޮށްދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

ކަސްޓަމްސް މެދުވެރިންގެ ފާސް

ކަސްޓަމްސްގައި ރަޖިސްޓްރީ ކުރެވޭ ކޮންމެ މެދުވެރިއަކަށް އަހަރަކަށް ހިލޭ 5 ފާސް ދޫކުރެވޭނެއެވެ. 5 ފާހަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ފާހަކަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ ޖަދުވަލު 36 ގައިވާ ގޮތުން ފާސް ހަދައިދިނުމުގެ ފީ 200  ރުފިޔާ ދައްކަންޖެހޭނެއެވެ.

 

ތަމްރީނު ޕްރޮގްރާމްތަކުގެ އިދާރީ ފީ 2000 ރުފިޔާ
ފާސް ހެއްދުމަށް ނެގޭ ފީ 200 ރުފިޔާ
ރެޖިސްޓްރޭޝަން ފީ 500 ރުފިޔާ
އަހަރީ ފީ 3500 ރުފިޔާ

ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ ޖަދުވަލު 36 ގައިވާ ގޮތުގެ މަތިން ކަސްޓަމްސް މެދުވެރިން ރެޖިސްޓްރީކޮށްދިނުމުގެ ފީ ކަމަށްވާ 500 ރުފިޔާ، އަދި ކަސްޓަމްސް މެދުވެރިންގެ އަހަރީ ފީ ކަމުގައިވާ 3500 ރުފިޔާއާއި އެކު ޖުމްލަ 4000 ރުފިޔާ މިޚިދުމަތަށް ދައްކަންޖެހޭނެއެވެ.