×

ސ.ގަން ކަސްޓަމްސް

ސ. ގަން ކަސްޓަމްސް ތަޢާރަފު ކުރެވުނީ 1 އޮކްޓޫބަރު 1981 ގައި އަދި މިތަނަކީ މާލެ ފިޔަވައި ރާއްޖެތެރޭ ރަށެއްގައި ހުރި އެންމެ ގިނަ ދުވަސްވީ ކަސްޓަމްސްގެ ޚިދުމަތް ދޭ އިދާރާވެސް މެއެވެ. ސ. ގަން ކަސްޓަމްސް ހުޅުވުމާއެކު ސ. ގަމުގައި އެ ދުވަސްވަރު ފުޅާ ދާއިރާއެއްގައި ކުރެވެމުން ދިޔަ ގަރމެންޓް ފެކްޓަރީތަކުން ނިންމާ އަންނައުނުތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކަސްޓަމްސް އިން މަގުފަހިކޮށްދޭން ފެއްޓުނެވެ. 2005 ގައި ސ. ހިތަދޫގައި ކަސްޓަމްސް އޮފީހެއް އުފެދުމުގެ ކުރިން ސ. ގަން ކަސްޓަމްސް އިން އައްޑޫ ސިޓީ އަށް އަންނަ އަދި ފުރާ އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމުގެ މަސައްކަތްވެސް ކުރަމުން ދިޔައެވެ. ސ. ގަން އެއާޕޯޓްގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ސަބަބުން، މިއަދު ސ. ގަން ކަސްޓަމްސް އިން އިމްޕޯޓް އަދި އެކްސްޕޯޓް ފޯމް ފުރައި، ޑިއުޓީ ނެގުމާއި މުދާ ކްލިއަރ ކުރުމުގެ އިތުރުން، ރާއްޖެ އެތެރެވާ އަދި ބޭރުވާ ފަސިންޖަރުންނަށް ދެމުންގެންދިޔަ ޚިދްމަތްތައްވެސް ވަނީ ކުރިއަށްވުރެ ފުޅާ ވެފައެވެ. އަދި މީގެ އިތުރުން ޕޯސްޓްގެ ޒަރީއްޔާއިން ރާއްޖެ ގެންނަ މުދާ ކްލިއަރ ކުރުމުގެ ޚިދުމަތްވެސް ސ. ގަން ކަސްޓަމްސްއިން ކުރެވެމުން ދިޔައެވެ.

ސ. ގަން ކަސްޓަމްސް ގައި މިވަގުތު 20 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. އަދި އޮފީސް ގަޑިއަކީ ހުކުރު ދުވަސް ފިޔަވައި 07:30 އިން 15:30 އެވެ.