×

އެކްސްޕޯޓަރުން

އެކްސްޕޯޓްކުރުމުގެ އުސޫލުތައް

އެކްސްޕޯޓް ކުރުމުގެ އުސޫލުތައް

އެކްސްޕޯޓް ކުރާ މުދަލުގެ މަޢުލޫމާތު ހުށަހެޅުން:

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ ނުވަތަ ރީއެކްސްޕޯޓްކުރެވޭ މުދާ ބަރުކުރުމުގެ ކުރިން މުދަލުގެ ޢަދަދާއި މުދަލުގެ އަގުގެ (އެފް.އޯ.ބީ އަގު) ތެދު މަޢުލޫމާތު ކަސްޓަމްސްއިން އަންގާފައިވާ ގޮތަށް ކަސްޓަމްސްއަށް އަންގަންވާނެއެވެ.

އެކްސްޕޯޓް ޑިކްލަރޭޝަން ކުރިއަށްގެންދިއުމަށްޓަކައި މުދަލުގެ ބަޔާން (ގުޑްސް ޑިކްލަރޭޝަން) އަދި ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި މުދާ އެކްސްޕޯރޓް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެކްސްޕޯރޓް ކުރުމަށް ކަސްޓަމްސް އަށް ދައްކަންޖެހިވަޑައިގަންނަވާ ޑިއުޓީއެއް ދައްކަން ޖެހޭނެއެވެ.

ދަތުރުވެރިންގެ މުދަލާއި، ފަސިންޖަރުންގެ މުދަލުގެ ބަޔާން ބައެއް ޙާލަތްތަކުގައި ކަސްޓަމްސްއަށް ހުށަހަޅާކަށްނުޖެހޭނެއެވެ.

އެކްސްޕޯޓް މުދާ ދޫކުރުން:

ތިރީގައިވާ ޝަރުތުތައް ހަމަވެގެން މެނުވީ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށުން ދުލެއްނުކުރެވޭނެއެވެ.