×

އެކްސްޕޯޓަރުން

ޓްރާންސްޝިޕްމަންޓް އަދި ޓްރާންސިޓް މުދާ

ޓްރާންސްޝިޕްމެންޓް އަދި ޓްރާންސިޓް މުދާ

ޓްރާންސްޝިޕްމެންޓް މުދާ:

ޓްރާންސްޝިޕްމެންޓްއަކީ އެހެން ގައުމަކަށް ގެންދިއުމުގެ މަގުމަތީގައި ރާއްޖެ ގެނެސް، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އެމުދާ ބެހެއްޓުމެވެ. ޓްރާންސްޝިޕްމެންޓްގެ ގޮތުގައި ގެނެވޭ މުދަލުގެ ސީލް ޖެހުމަށް އެދި ކާރގޯ އެގްޒަމިނޭޝަންއަށް ހުށަހަޅާނީ ތިރީގައިވާ ލިޔެކިޔުންތަކެވެ.

ޓްރާންސްޝިޕްމެންޓް މުދާ ގެނެވެނީ ކަނޑުމަގުން ކަމުގައިވާނަމަ އެއުޅަނދަށް ކަސްޓަމްސް ކްލިއަރެންސް ދިނުމުގެ ކުރިން ޓްރާންސްޝިޕްމެންޓް ޑިކްލެރޭޝަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

ޓްރާންސްޝިޕްމެންޓް މުދާ ގެނެވެނީ ވައިގެމަގުން ކަމުގައިވާނަމަ އެއުޅަނދުގެ ކާރގޯ މެނިފެސްޓާއި އެކު ޓްރާންސްޝިޕްމެންޓް މެނިފެސްޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

ކަސްޓަމްސް ބެލުމުގެ ދަށުގައި ޓްރާންސްޝިޕްމެންޓް މުދާ ހުރިހާ ހިނދަކު، އިމްޕޯޓް ޑިއުޓީ އަދި އެއްވެސް ޓެކްސްއެއް އެމުދަލުން ނެގިގެން ނުވާނެއެވެ.

ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ޓްރާންސްޝިޕްމެންޓް މުދާ އަނބުރާ ފޮނުވާނުލެވިއްޖެނަމަ، އުޅަނދުގެ އެޖެންޓު އެކަން ލަސްނުކޮށް ކަސްޓަމްސްއަށް އަންގަންވާނެއެވެ.

ޓްރާންސްޝިޕްމެންޓް މުދަލުގެ ގޮތުގައި އެތެރެކުރެވޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓެއް ނުކުރެވޭނެއެވެ. އަދި މިމުދާ ބަލައި ފާސްކުރަންޖެހިއްޖެ ހާލަތެއްގައި ކަސްޓަމްސްއަށް ޓްރާންސްޝިޕްމެންޓް މުދާ ބަލައި ފާސްކުރެވޭނެއެވެ.

ޓްރާންސިޓް މުދާ:

ޓްރާންސިޓް ކުރުމަކީ ރާއްޖެއަށް ގެންނަ މުދާ ޑިއުޓީ ދެއްކުމުގެ ކުރިން ކަސްޓަމްސް ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިއުމެވެ. މިފަދައިން މުދާ އެއްބަނދަރުން އަނެއްބަނދަރަށް ގެންދިއުމަށްޓަކައި މުދަލުގައި ސީލް ޖެހުމަށްއެދި ކާރގޯ އެގްޒަމިނޭޝަނަށް ހުށަހަޅާނީ ތިރީގައިވާ ލިޔެކިޔުންތަކެވެ.

ޓްރާންސިޓްކުރަން ބޭނުންވާ މުދަލުގެ ބިލް އޮފް ލޭޑިންގައި އެމުދަލަކީ ޓްރާންސިޓް މުދާކަމަށް ނުވަތަ ފައިނަލް ޕޯޓް އޮފް ޑެލިވެރީއަކަށް އެމުދާ ޓްރާންސިޓްކުރަން ހަމަޖެހިފައިވާ ބަނދަރުގެ ނަން އޮންނަންވާނެއެވެ. އެނޫން ހާލަތްތަކުގައި މުދާ ޓްރާންސިޓްކޮށްދެވޭނީ މެނިފެސްޓަށް އެގޮތައް އިސްލާހުކުރުމުންނެވެ.

ޓްރާންސިޓް މުދާ އުޅަނދަކަށް ބަރުކުރެވޭނީ ކަސްޓަމްސް ޓްރާންސިޓް ޓްރާންސްޝިޕްމެންޓް ޑިކްލެރޭޝަން ހުށަހެޅުމަށްފަހު އެމުދަލުގައި ކަސްޓަމްސް ސީލްޖެހުމަށްފަހުއެވެ. އަދި ކަސްޓަމްސްއިން އެމުދާ ބަލައި ފާސްކުރަންދެން މިސީލް ނެއްޓުމަކީ ނުވަތަ ހަލާކުކޮށްލުމަކީ މަނާކަމެކެވެ.

ޓްރާންސިޓް މުދަލުގައި ޖަހާފައިވާ ސީލް ކަސްޓަމްސްއިން ކެނޑުމުގެ ކުރިން ނެއްޓި ނުވަތަ ހަލާކުވެއްޖެނަމަ މުދާ އެތެރެކުރުމަށް ދީފައިވާ ހުއްދަ ބާތިލްކުރެވި ޖޫރިމަނާކުރެވޭނެއެވެ.