×
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ވަޙީދު ޢައްޔަނުކުރުން

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ވަޙީދު ޢައްޔަނުކުރުން




ޤާނޫނު ނަންބަރު: 2011/08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް މ.ރީޒަން، އަލްފާޟިލް ޢަބްދުﷲ ވަޙީދު 2023 ޑިސެންބަރު 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަނުކުރައްވާފައެވެ.


            ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަޤާމުގެ ފޮތިކޮޅު އަލްފާޟިލް ޢަބްދުﷲ ވަޙީދު އާ ހަވާލުކުރުން އޮތީ 2024 ޖަނަވަރީ 3 ވަނަ ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޤާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު އެވެ.


ކަސްޓަމްސްގެ ޙިދްމަތުގައި 32 އަހަރު ފުރިހަމަކުރައްވާފައިވާ އަލްފާޟިލް ޢަބްދުﷲ ވަޙީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ. މިވަގުތު އަލްފާޟިލް ޢަބްދުﷲ ވަޙީދުގެ އިތުުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

03 ޖަނަވަރީ 2024

ޝެއާ