×
ކަސްޓަމްސްއިން ބަލައިފާސްކުރި ޝިޕްމެންޓަކާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކައާގުޅޭ.

ކަސްޓަމްސްއިން ބަލައިފާސްކުރި ޝިޕްމެންޓަކާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކައާގުޅޭ.




2024 ޖޫން 13 ވަނަ ދުވަހު ކަސްޓަމްސްއިން ބަލައިފާސްކުރި ޝިޕްމެންޓަކާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކައާ ގުޅޭގޮތުން ދަންނަވަމެވެ.


ރާއްޖެއަށް އެތެރެކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލައިފާސްކުރުމުގެ ކަންކަން ކަސްޓަމްސްއިން ކުރަނީ ރިސްކްމެނޭޖްމެންޓް ނުވަތަ ކަސްޓަމްސް ހިރާސް ނިޒާމްގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީންނެވެ. މިގޮތުން ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ޝިޕްމެންޓްގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަށް ރިޢާޔަތްކޮށް ބަލައިފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދެވެއެވެ. ދެންނެވުނު ޝިޕްމެންޓަކީ އޭގައި ޝައްކުއުފެދޭ ކަންތައްތަކެއް ހުރިކަމަށް ކަސްޓަމްސް އަށް ދުރާލާ ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ބަލައިފާސްކުރެވުނު ޝިޕްމެންޓެކެވެ.


މިދެންނެވި މުދާ 2024 މެއި 19 ދުވަހު ރާއްޖެ އައިސްފައިވާއިރު، މިމުދާ ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވަނީ ޝިޕްމެންޓްގައި 343 ކާޓަން ޕޭޕަރ ޓިޝޫ ހިމެނޭކަމަށެވެ. އަދި ޝިޕްމެންޓްގައި ހިމެނޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ކަސްޓަމްސްގެ ކަމާގުޅޭ ސެކްޝަންތައް ގުޅިގެން ހިންގުނު ޖޮއިންޓް އޮޕަރޭޝަނެއްގައި, 2024 ޖޫން 13 ވަނަ ދުވަހު މިމުދާ ބަލައިފާސްކުރެވިފައިވެއެވެ. އަދި މިގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި ކޮންޓެއިނާގެ ތެރެއިން 143 ކާޓަންގެ ޕޭޕަރ ޓިޝޫ އާއި 200 މާސްޓަރ ކާޓަންގެ ސިނގިރޭޓް ފެނިފައިވެއެވެ. މިގޮތުން މި 200 މާސްޓަރ ކާޓަންގައި 3,199,200 (ތިން މިލިއަން އެއްލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ)  ސިނގިރޭޓް ފެނިފައިވާއިރު, މި ޝިޕްމެންޓްގައި ހިމެނޭ މުދާ މިހާރު ވަނީ ކަސްޓަމްސްއިން ހިފަހައްޓާފައެވެ.


ވުމާއިއެކު، މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީ، މި މައްސަލާގެ ތަހުޤީޤް ކަސްޓަމްސްއިން ފަށާފައިވާ ވާހަކަ ދެންނެވީމެވެ. ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުޙަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން އަމަލުކުރާނެ ވާހަކަ ދެންނެވީމެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒްކުރުމުގައި ކަސްޓަމްސްއިން ފަސްނުޖެހޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

15 ޖޫން 2024

ޝެއާ