×

ތަފާސް ހިސާބު

ތަފާސް ހިސާބު

ކަސްޓަމްސްގެ ތަފާސް ހިސާބު

ދިވެހިރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލަކުންނެގޭނެ އިމްޕޯޓް ޑިއުޓީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު 79/31 ގައި ކަނޑައަޅާފައިވެއެވެ. ވިޔަފާރި މުދަލާއިގުޅޭ ހުރިހާ މަޢުލޫމާތު އެކުލަވައިލުމަށް ކަސްޓަމްސްއަށް ހުށަހެޅޭ މުދަލުގެ ޑިކްލަރޭޝަންސްގެ ދައުރު ވަރަށްބޮޑެވެ. ކަސްޓަމްސްއަށް އިލެކްޓްރޯނިކް ޒަރީޢާއިން މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމުން މިމަޢުލޫމާތު ރައްކާކުރެވެނީ "އޮޓޮމޭޓަޑް ސިސްޓަމްސް ފޯ ކަސްޓަމްސް ޑޭޓާ" ( އަސީކުޑާ) ގައެވެ. މިމަޢުލޫމާތު އެކުލަވާލަނީ "ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" އާއި އެއްގޮތަށެވެ.

 

ދިވެހިރާއްޖެއަށް މުދާއެެތެެެރެކުރެވެނީ ކަނޑުމަގުން، ވައިގެމަގުން އަދި ޕޯސްޓްއިންނެވެ. އިމްޕޯޓް ޕްރޮސެސް ބިނާވެގެންވަނީ މުދަލުގެ ސީ.އައި.އެފް އަގު ( އަގު، އިންޝުއަރެންސް، ނާލު) އަދި މުދަލުގެ ޤައުމުކަމަށް ކަނޑައަޅާނީ " ކަންޓްރީ އޮފް ކޮންސެއިންމެންޓް" ( މުދާ އަރުވާ ބަނދަރު) އަށެވެ.އެކްސްޕޯޓް ޕްރޮސެސް ބިނާވެގެންވަނީ އެފް.އޯ.ބީ ވެލިއު ( ފްރޯ އޮން ބޯޑު) އަދި މުަދަލުގެ ޤައުމުގެ ގޮތުގައި ކަނޑައަޅާނީ މުދަލުގެ އެންމެ ފަހު މަންޒިލަށެވެ. މުދަލުގެ އަގުގެ ޔުނިޓް ކަމުގައި ބަލާނީ ދިވެހިރުފިޔާއެވެ.

 

މުދަލުގެ ޑިކްލަރޭޝަންސް ކަސްޓަމްސްއަށް ހުށަހެޅުމުގައި ފުރިހަމަ ތެދު މަޢުލޫމާތު ހުށަހެޅުމުން އެކުލަވާލެވޭ ތަފާސް ހިސާބުގެ ސައްޙަކަން އިތުރުވެއެވެ. އެހެނީ މިމަޢުލޫމާތަކީ އިމްޕޯޓް އަދި އެކްސްޕޯޓާއި ގުޅޭ ކަންކަމުގައި އާއި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގެ އިތުރުން ބޭރު ދުނިޔޭގެ ޤައުމުތަކާއި ވިޔަފާރީގެ ގުޅުންތައް ޤާއިމްކޮށް ހަރުދަނާކުރުމަށް ވަރަށް މުޙިއްމު މަޢުލޫމާތުތަކަކަށް ވާތީއެވެ.

 

ކަސްޓަމްސްގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކާއި އާންމު ފަރުދުން ވިޔަފާރިއާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެދިލައްވައިނަމަ ޓެރިފް އެންޑް ސްޓެޓިސްޓިކްސް ސެކްޝަނުން އެމަޢުލޫމާތެއް ފޯރުކޮށްދޭނެއެވެ. އެކްސްޕޯޓް އިމްޕޯޓް މުދަލާއިގުޅޭ ތަފާސް ހިސާބު ހޯއްދެވުމަށް "ތަފާސް ހިސާބަށް އެދޭ ފޯމް" ފުރުއްވުމަށް ފަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެމަޢުލޫމާތު ލިބިލައްވާނެއެވެ.