×
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އިބްރާހީމް މަފާޛް ޢައްޔަނުކުރުން

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އިބްރާހީމް މަފާޛް ޢައްޔަނުކުރުން




ޤާނޫނު ނަންބަރު: 2011/08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ހ.ގްރީން ޒެސްޓް، އަލްފާޟިލް އިބްރާހީމް މަފާޛް 2024 މާރިޗު 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަނުކުރައްވާފައެވެ.


 ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަޤާމުގެ ފޮތިކޮޅު އަލްފާޟިލް އިބްރާހީމް މަފާޛް އާ ހަވާލުކުރުން އޮތީ 2024 މާރިޗު 26 ވަނަ ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޤާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު އެވެ.


ކަސްޓަމްސްގެ ޙިދްމަތުގައި 27 އަހަރު ފުރިހަމަކުރައްވާފައިވާ އަލްފާޟިލް އިބްރާހީމް މަފާޛް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ. މިވަގުތު އަލްފާޟިލް އިބްރާހީމް މަފާޛްގެ އިތުުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި އިތުރު  ތިން ބޭފުޅުން ތިއްބަވައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ވަޙީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ އެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

26 މާރޗް 2024

ޝެއާ