×
ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 2.389 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.

ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 2.389 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.




            ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.


މިތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ދިޔަ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ތަފާތު 5 މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާއިރު، ހަތަރު މައްސަލައެއްގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހްލީލް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެއް މައްސަަލައިގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި މައްސަލަތަކުގެ އިތުރު ތަފްސީލް ތިރީގައި އެވަނީއެވެ.


2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހު، 510 ގްރާމްގެ ސިންތެޓިކް ކެތިނޯން.


2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު، 100 ގްރާމްގެ ސިންތެޓިކް ކެތިނޯން.


2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު، 989.6 ގްރާމްގެ ސިންތެޓިކް ކެތިނޯން.


2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، 520 ގްރާމްގެ ސިންތެޓިކް ކެތިނޯން.


2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު، 270 ގްރާމްގެ މެފެޑްރޯން.


މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.389 ކިލޯގުރާމް ހުއްޓެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

07 ނޮވެމްބަރ 2023

ޝެއާ