×

ގއ.ވިލިނގިލި ކަސްޓަމްސް

 

ގއ. ވިލިނގިލި ކަސްޓަމްސްގެ މައިގަނޑު މަސައްކަތަކީ ސަރަހައްދުގައި ބިނާ ކުރެވިފައިވާ މަސް ކާރުޚާނާތަކުން ތައްޔާރުކުރާ ތަކެތި އެކްސްޕޯޓްކުރުމަށް މަގުފަހިކުރުމެވެ. އަދި މިގޮތުން ބޭރުން އަންނަ އުޅަނދުތަކަށް ސީދާ ގއ. ވިލިނގިލިން ކްލިއަރެންސް ހަމަޖެހި އެކްސްޕޯޓް ކުރުމުގެ ފަސޭހަ ލިބެއެވެ. މިގޮތުން މާލެ ސަރަހައްދީ ބަނދަރުން ކަސްޓަމްސްގެ މުދާ ޗެކް ކުރުމުގައި ގެންގުޅޭ ހަމަތަކާއި ގއ. ވިލިނގިލި ކަސްޓަމްސްގައި ގެންގުޅޭ ހަމަތަކާއި ގޮތްތަށް އެއްގޮތް ވާނެއެވެ.