×

ލ.ގަން ކަސްޓަމްސް

 

ލ. ގަން ކަސްޓަމްސްގެ މައިގަނޑު މަސައްކަތަކީ ސަރަޙައްދުގައި ބިނާ ކުރެވިފައިވާ މަސް ކާރުޚާނާތަކުން ތައްޔާރުކުރާ ތަކެތި އެކްސްޕޯޓްކުރުމަށް މަގުފަހިކުރުމެވެ. އަދި މިގޮތުން ބޭރުން އަންނަ އުޅަނދުތަކަށް ސީދާ ލ. ގަމުން ކްލިއަރެންސް ހަމަޖެހި އެކްސްޕޯޓް ކުރުމުގެ ފަސޭހަ ލިބެއެވެ. މިގޮތުން މާލެ ސަރަޙައްދީ ބަނދަރުން ކަސްޓަމްސްގެ މުދާ ޗެކް ކުރުމުގައި ގެންގުޅޭ ހަމަތަކާއި ލ. ގަން ކަސްޓަމްސްގައި ގެންގުޅޭ ހަމަތަކާއި ގޮތްތައް އެއްގޮތް ވާނެއެވެ.