×

ސ.ހިތަދޫ ކަސްޓަމްސް

 

ސ.ހިތަދޫ ކަސްޓަމްސް ސަރަޙައްދީ ބަނދަރު ހުޅުވުމާ ގުޅިގެން އެތަނުން ކަސްޓަމްސްގެ ޚިދުމަތް ދިނުމުގެ ގޮތުން ކަސްޓަމްސް އޮފީހެއް ސ. ހިތަދޫ ސަރަޙައްދީ ބަނދަރުގައި ހުޅުވުނީ 6 ޑިސެންބަރު 2005 ގައެވެ. މިގޮތުން މި ބަނދަރު ހުޅުވުމާއެކު މިއީ ސަރަޙައްދީ ދެ ބަނދަރުގެ ތެރެއިން އެއް ބަނދަރެވެ. ސ. ހިތަދޫ ކަސްޓަމްސްގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ސ. ހިތަދޫ ސަރަޙައްދީ ބަނދަރަށް އަންނަ އަދި ފުރާ އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުމުގެ އިތުރުން އިމްޕޯޓް އަދި އެކްސްޕޯޓް ފޯމް ފުރައި، ޑިއުޓީ ނެގުމާއި މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް ދިނުން ހިމެނެއެވެ.

ސ. ހިތަދޫ ކަސްޓަމްސް ގައި މި ވަގުތު 18 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. އަދި އޮފީސް ގަޑިއަކީ 07:30 އިން 15:30 އެވެ.